ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްސާނީ ބަލިތަކަށް ހާއްސަ ކޮށްގެން މެންޓަލް ހޮސްޕިޓަލެއް މާލޭގައި އަޅަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްސާނީ ބަލިތަކަށް ހާއްސަ ކޮށްގެން މާލޭގައި މެންޓަލް ހޮސްޕިޓަލެއް ގާއިމު ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ރާއްޖޭގައި މެންޓަލް ހޮސްޕިޓަލެއް ގާއިމު ކުރުމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މީގެކުރިން ސަރުކާރުން ނިންމާފައި އޮތީ ބޭރުގެ ލޯނު އެހީގައި ލ. ގަމުގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއް އެޅުމަށެވެ. ނަމަވެސް، ރައީސް ވިދާޅުވީ ލ. ގަމުގައި އިމާރާތްކުރަން ނިންމި ހޮސްޕިޓަލުގެ މަސައްކަތް ނުފެށި ލަސްވަނީ އެ މަޝްރޫއަށް ބޭނުންވާ ލޯނު ފެސިލިޓީ ހަމަނުޖެހިގެން ކަމަށެވެ. މި މަޝްރޫއަށް ބޭރުގެ ލޯނު އެހީ ހޯދުމަށް ތައްޔާރުކުރި ޕްރޮޕޯސަލްގެ ޖުމްލަ އަގަކީ 18 މިލިއަން ޑޮލަރެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ލޯކަލީ މި މަސައްކަތް ކުރާނަމަ ހަރަދު ކުޑަވާނެއެވެ. އަދި މިފަދަ ހޮސްޕިޓަލެއްގައި ޖާގަ ތަނަވަސްވާންޖެހޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ލ. ގަމުގައި އެޅުމަށް ހަމަޖެހިފައިވާ 14،000 އަކަފޫޓުގެ ބިމާ އެއްވަރުގެ ބިމެއް މާލެ ސަރަހައްދުން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އެހެންކަމުން މާލޭގައި ބިނާކުރާ މި ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތް މިހާރު ވަނީ ފުޅާކޮށްފައެވެ.

އާސަންދައިގެ ތަފާސްހިސާބުތަކާ ހަވާލާދީ ރައީސް ވިދާޅުވީ، މިއަހަރުގެ ޖަނަވަރީ 1 އިން އޭޕްރީލް މަހުގެ 23 އަށް 10،954 މީހަކަށް މެންޓަލް ހެލްތުގެ ދާއިރާއިން ސައިކޭޓްރިކް ކޮންސަލްޓޭޝަން އަދި ސައިކޮލޮޖިކަލް ތެރަޕީގެ ހިދުމަތް ދެވިފައިވާ ކަމަށެވެ. މީގެ އިތުރުން، އަތޮޅުތަކުގައިވެސް މި ހިދުމަތް ދިނުމުގެ މަސައްކަތްތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: