ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަޙައްދުގައި ޖުމްލަ 4 ޖީޕީ ކްލިނިކެއް ވަރަށް އަވަހަށް ހުޅުވަނީ!

މާފަންނު ސަރަހައްދުގައި ހުޅުވި ޖީޕީ ކްލިނިކް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަޙައްދުގައި ޖުމްލަ 4 ޖީޕީ ކްލިނިކެއް ވަރަށް އަވަހަށް ޤާއިމްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ތެލެސީމިއާ ސެންޓަރު ކުރިން ހުރި ބިމުގައި ޖީޕީ ކްލިނިކެއް ޤާއިމް ކުރުމުގެ މަސައްކަތް މާލެ ގްރޫޕް އޮފް ހޮސްޕިޓަލުން މިހާރު ފަށާފައިވާކަމަށެވެ. އަދި މިވަގުތު އެތަނުގެ އިންޓީރިއާގެ މަސައްކަތް ބާރު ސްޕީޑުގައި ކުރެވެމުންދާކަން ފާހަގަކުރައްވައި، ކުރިއަށްއޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އެކްލިނިކް ހުޅުވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި 2 ގައިވެސް ޖީޕީ ކްލިނިކެއް ޤާއިމްކުރުމަށް ބިމެއް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ހުޅުމާލެ ފޭސް 1، ފޭސް 2 އަދި މާލޭގައި ޤާއިމްކުރެވޭ ޖީޕީ ކްލިނިކާއިއެކު ޖުމްލަ ތިން ޖީޕީ ކްލިނިކް ނިމި ޖުލައި ނޫނީ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭރުން މާލެ ސިޓީގައި ޖުމްލަ 4 ޖީޕީ ކްލިނިކް ހުންނާނެއެވެ.

ޑޮކްޓަރަށް ދެއްކުމަށްޓަކައި ގިނަ ވަގުތު ރައްޔިތުން ހޭދަ ކުރަން ޖެހޭތީ އެފަދަ މައްސަލަތަކަށް ހައްލުތަކެއް ގެނައުމަށްޓަކައި މާލެ ސަރަހައްދުގައި 6 ޖީޕީ ކްލިނިކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއް ކިލްނިކް މާފަންނުގައި މިހާރު ހުޅުވާފައިވާއިރު، ހުޅުމާލެ ފޭސް 1، ފޭސް 2 އަދި މާލޭގައިވެސް ޖީޕީ ކްލިނިކް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޕަބްލިކް ހެލްތް ނޫނީ ޕްރައިމަރީ ހެލްތްގެ ހުރިހާ ހިދުމަތެއްވެސް މި ކްލިނިކްތަކުން ލިބޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ”މާލެ ސަރަހައްދުގައި މިފަދަ ޖީޕީ ކްލިނިކްތައް ޤާއިމްވެގެން ދިއުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ލުއިފަސޭހަތަކެއް ވެގެންދާނެ“ ކަމަށެވެ. މީގެ ސަބަބުން އައިޖީއެމްއެޗް ފަދަ މައި ހޮސްޕިޓަލްތަކުގައި ދިމާވެފައިވާ ދިގު ކިއުތަކުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އައިޖީއެމްއެޗްގެ އިމަޖެންސީއަށް ދުވާލަކު 400 އަށްވުރެ ގިނަ މީހުން އާދެއެވެ. މީގެ ތެރެއިން 300 އެއްހާ މީހުންނަކީ ކޮންމެހެން އިމަޖެންސީއަށް ދާންނުޖެހޭ، ޖީޕީ ކްލިނިކަކުން ޚިދުމަތް ލިބިދެވިދާނެ ބައެކެވެ. އެހެންކަމުން، ޖީޕީ ކްލިނިކްތައް ހުޅުވުމުން އިމަޖެންސީ ޑިޕާޓްމަންޓަށް ބޮޑު ލުޔެއް ލިބި، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: