ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަފީފް

photo from google
photo from google
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަފީފް ހުސައިން އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ން ހާމަކޮށްފައިވާގޮތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށާއި، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން މިއަދު ވަނީ އައްޔަންކޮށްފައެވެ.

 ޢަފީފްއަކީ ޝަރީޢާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ، އަދި ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަރސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓަރޝިޕް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ފެނަކައިގެ އެމްޑީ ކަމަށް އަފީފް އައްޔަނުކޮށްފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ކުރިން ހުންނެވި މުހައްމަދު ނަޖާހު މި މަހުގެ ހަ ވަނަ ދުވަހު އިސްތިއުފާދެއްވާފައި ވާތީއެވެ.

އެގޮތުން ނަޖާޙް އެ މަޤާމަށް އައްޔަނު ކުރެއްވީ ޑިސެންބަރު 23, 2024ގައެވެ. އޭގެ ކުރީން ފެނަކައިގެ އެމްޑީއަކަށް ހުންނެވީ މުހައްމަދު މުއާޒު ރަޝީދު އެވެ.

ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ޢަފީފް ވަނީ، އުމްރާނީ ތަރައްޤީއާއި، އަސާސީ ޚިދުމަތްތަކާއި، ސަރުކާރުގެ އިދާރީ ހިންގުމުގެ ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައެވެ. އެންމެ ފަހުން އަފީފު ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޗެއާމަންގެ މަޤާމުގައެވެ. އަދި، މީގެ ކުރިން އޭނާ ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ކުރައްވާފައެވެ.

މީގެ އިތުރުން، ސަރަޙައްދީ އެކި ކުންފުނިތަކުގެ ބޯޑު މެންބަރުކަންވެސް އޭނާ ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި އެކި މިނިސްޓްރީތަކުގެ ޕަބްލިކް ވޯކްސް، ހައުސިންގ އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުތައް ހިމެނެއެވެ. މި މަޤާމުތަކުގައި އޭނާ ވަނީ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. މަސައްކަތުގެ ދާއިރާއަށް އެންމެ ފުރަތަމަ ވެދެވަޑައިގަތީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ތެރެއިންނެވެ.

އޭގެ ފަހުން ކަރަންޓުގެ ޚިދުމަތާއި އާންމު މަސައްކަތްތަކުގެ ދާއިރާއިން ކުރިއަށް ވަޑައިގެން، ރާއްޖޭގެ މުހިންމު އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ބެލެހެއްޓުމުގައި އޭނާ ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: