ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާރޯދީގައި ގަސްތުގައި އަލިފާން ރޯކުރި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވައިފި

އަލިފާނުގެ ހާދިސާގެ ތުހުމަތުގައި ހައްޔަރު ކުރި ޝަހުބާން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެެއެއްކަމަށްވާ ގ. ހިޔާރޯދީގައި ގަސްތުގައި ރޯކޮށްލީކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މިދިޔަ މާޗު 18 ވަނަ ދުވަހު ހިނގި މި ހާދިސާގެ ތަހުގީގު ފުރިހަމަކުރުމަށްފަހު ޕީޖީ އޮފީހަށް ދައުވާކޮށްދިނުމަށް އެދި ފޮނުވީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައި ވަނީ ލ. މާބައިދޫ، ސަބުނަމް ހައުސް، އުމުރުން 29 އަހަރުގެ ހުސައިން ޝަހްބާންގެ މައްޗަށެވެ.

މައްސަލައިގައި ޝަހްބާން މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. އޭނާ ހައްޔަރުކުރީ ހާދިސާ ހިނގި ވަގުތާ ދިމާކޮށް އޭނާ އެ ގެއަށް ވަދެ ނުކުމެ ހަދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، ހެނދުނު 10:33 ހާއިރު ސައިކަލެއްގައި އައިސް އޭނާ އެ ގެއަށް ވަދެއެވެ. އަދި އޭގެ ހަ މިނެޓު ފަހުން، 10:39 ގައި އޭނާ އެތަނުން ނުކުމެގެންދާއިރު، އޭގެ ހަތަރު މިނެޓު ފަހުން އެ ގެއިން ބޮޑަށް ދުން އަރަން ފަށާ މަންޒަރު ފެނެއެވެ.

މި ހާދިސާ ހިނގިއިރު އެ ތަނަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތެކެވެ.

މި ހާދިސާގައި އެ ގުދަން ވަނީ އެއްކޮށް އަނދައި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: