ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުގެ ހިއްސާދާރުންނަށް ބަހާ ފައިދާ ހިއްސާއަކަށް 8.70 ރުފިޔާ ބަހަން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި، 2025 ވަނަ އަހަރުގެ ފައިދާގެ ގޮތުން ހިއްސާދާރުންނަށް ބަހާ ޖުމްލަ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ 74 މިލިއަނަށްވުރެ ގިނަ ހިއްސާ ތަމްސީލުކުރާ ހިއްސާދާރުން ބައިވެރިވި ޖަލްސާގައެވެ.

ހިއްސާއަކަށް ބަހަން ފާސްކުރި 8.70 ރުފިޔާގެ ތެރޭގައި، 2025 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ދީފައިވާ 1.66 ރުފިޔާ އާއި، ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ދިނުމަށް ނިންމި 7.04 ރުފިޔާ ހިމެނެއެވެ. މިއީ އެ ކުންފުނިން މިދިޔަ އަހަރު ހޯދި ރަނގަޅު މާލީ ނަތީޖާގެ ސަބަބުން ހިއްސާދާރުންނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މާލީ ރިޕޯޓްތައް ދައްކާގޮތުން، 2025 ވަނަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %1.8 ގެ ކުރިއެރުމެކެވެ. ކުންފުނީގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ދިރާގުން ފާހަގަކުރީ ފިކްސްޑް ބްރޯޑްބޭންޑާއި، މޮބައިލް އަދި އެންޓަރޕްރައިސް ހިދުމަތްތައް ފުޅާކޮށް، އެ ދާއިރާތަކުގެ މަސައްކަތް ހަރުދަނާކުރުމެވެ.

މީގެ އިތުރުން، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 949 މިލިއަން ރުފިޔާ އެ ކުންފުނިން ވަނީ ހޯދާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %0.4 ގެ ކުރިއެރުމެކެވެ. ދިރާގުގެ ހިދުމަތްތައް ޒަމާނީކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރި މަސައްކަތާއެކު، ކުންފުނީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެފައިވާކަން މި ނަތީޖާތަކުން ހާމަވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: