ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

40 އަހަރުން ދަށުގެ އެންމެންނަށް ހިމަބިހީގެ ވެކްސިން ދެނީ

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

40 އަހަރުން ދަށުގެ އެންމެނަށް ހިމަބިހީގެ ވެކްސިން ޖަހާ ޕްރޮގްރާމެއް މާލެ ސަރަހައްދުގައި ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު 2:00 އިން ފެށިގެން، މާލެ ސަރަހައްދުގެ 4 ތަނެއްގައި، އުމުރުން 40 އަހަރު ނުވާ ފަރާތްތަކުގެ ތެރެއިން 2 ޑޯޒް ފުރިހަމަ ނުކުރާ ފާރާތްތަކަށް ވެކްސިން ދިނުން ފެށޭނެ ކަމަށެވެ.

އެގޮތުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ދަމަނަވެށި، އަދި ސޯޝަލް ސެންޓަރ، ހުޅުމާލޭގައި ހުޅުމާލޭ އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސް ( 2 ވަނަ ފަންގިފިލާ ރެޑްވޭވް މެގަމޯލް ކުރިމަތި) އަދި ވިލިމާލޭގައި ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދުގައެވެ.

އަދި މި މަހުގެ 23 އިން ފެށިގެން ވެކްސިން ކެމްޕެއިން މުޅި ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ކަމަށާއި އޭރުން މާލެއާއި އަތޮޅުތެރޭގައި ކަނޑައެޅިފައިމިވާ އުމުރުފުރާގެ ވެކްސިން ފުރިހަމަނުވާ ހުރިހާ ފަރާތްތަކަށް ވެކްސިން ދޭން ފެށޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މީގެ ތެރޭގައި ބޭރު މީހުންނަށް ވެސް ވެކްސިން ދިނުން ހިމެނެއެވެ.

ހެލްތް މިނިސްޓްރީން ބުނިގޮތުގައި 2017 ވަނަ އަހަރު ބޭއްވުނު ވެކްސިން ކެމްޕޭނުގައިވެސް ނުޖަހާ ބައެއް ފަރާތްތައް އެބަތިބި ކަމަށާއި އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މި ކެމްޕޭނުގައި ވެކްސިން ޖަހާ، ރައްކާތެރިކަން ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިހާތަނަށް ހިމަބިއްސަށް 173 މީހުން ޓެސްޓް ކުރެވި، 12 ޕޮސިޓިވް ކޭސް ފެނިފައިވާއިރު ހުރިހާ ކޭސްއެއްވެސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

ހެލްތްމިނިސްޓްރީންބުނިގޮތުގައި މިހާތަނަށް ކޮންމެ ކޭސްއަކާއި ގުޅިގެން އެފަރާތެއްގެ ކޮންޓެކްޓްސްއަށާއި، ދިރިއުޅޭ ސަރަހައްދުގެ ވަށައިގެން ވަކި ހިސާބެއްގައި އުޅޭ ފަރާތްތަކަށް ވެކްސިން ދެވިފައިވެއެވެ. އެގޮތުން މިއަދާ ހަމައަށް 1384 ފަރާތަކަށް ވެކްސިން ދީފައިވާކަންމިނިސްޓްރީންފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: