ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2027 ވަނައަހަރު ތިލަމާލެ ބްރިޖް ނިމި ބޭނުން ކުރެވެން ފެށޭނެ: މުއްޠަލިބް

ވަޒީރު މުއްތަލިބް މަޖިލީހުގަިއ ވާހަކަދައްކަވަނީ- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް އެއްކޮށް ނިމި، 2027 ވަނަ އަހަރުގެ ތެރޭގައި ބްރިޖް ބޭނުންކުރަން ފެށޭނެ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތަކީ މާލެ ސަރަހައްދުގެ ތަރައްޤީއަށާއި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކޮންމެހެން މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި ދިމާވެފައިވާ އެކި ގޮންޖެހުންތަކާއެކުވެސް، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ގުޅިގެން ވީހާވެސް އަވަހަށް މި މަސައްކަތް ނިންމުމަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބްރިޖްގެ މަސައްކަތް ލަސްވާން ދިމާވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ބްރިޖް އަޅާ ސަރަހައްދަކީ ކަނޑު ގަދަ ސަރަހައްދަކަށް ވުމުގެ އިތުރުން، މަސައްކަތް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރަކީ މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ނުވުމުން އެފަރާތަށް މަސައްކަތް ދަސްކުރަން ވަގުތުތަކެއް ނެގި ކަމަށެވެ. މިގޮތުން މަޝްރޫއު ނިންމުމަށް ކަނޑައެޅި މުއްދަތަށްވުރެ އިތުރު 30 މަސް ދުވަސް ދެވި، އެ މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނިމިފައި ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

”ބްރިޖްގެ މަސައްކަތްތައް ނުހުއްޓި ބާރަށް ކުރިއަށްދޭ، މިސަރަހައްދަކީ ކަނޑު ގަދަ ސަރަހައްދެއް، ބްރިޖް އެޅުމަކީ ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހަކަމެއް ނޫން، ބްރިޖް އެޅުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރަކީ މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތެއް ނޫން، މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ އިތުރަށް 30 މަސް ދުވަސް ދެވި އެމުއްދަތު ފަހަނައަޅާ ދިޔައިރުވެސް މަސައްކަތް ނުނިމޭ، އިރާދަކުރެއްވިއްޔާ 2027 ވަނަ އަހަރު ބްރިޖް ނިމި ބޭނުންކުރެވޭނެ“ ކަމަށެވެ.

މިވަގުތު ކޮންޓްރެކްޓަރަށް ފިޔަވަޅު އަޅައިފިނަމަ މަޝްރޫއު މުޅިން ހުއްޓި، އޭގެ ގެއްލުން ރައްޔިތުންނަށް ލިބޭނެތީ، ކޮންޓްރެކްޓަރަށް އިތުރު ވަގުތު ދީފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ އުންމީދަކީ އިރާދަކުރެއްވިއްޔާ 2027 ވަނަ އަހަރު ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލެވުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: