ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓުވީޓުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން، މައުޟޫއުއާއި ނުގުޅޭކަމަށް ބުނެ ޝަރީފް ޖަވާބެއް ނުދިން!

އެންވަޔަރަމެންޓު މިނިސްޓަރު އަލީ ޝަރީފް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ކުރިން ސޯޝަލް މީޑީއާގައި އެކި ފަރާތްތަކަށް ފާޑުކިއުމާއި، މަލާމާތް ކުރައްވައި އަމާޒުކޮށް ކުރެއްވި ޕޯސްޓުތަކުގެ މައްސަލައިގައި ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވަން އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފް އިންކާރު ކުރައްވައިފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު އަލަށް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ޝަރީފް، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އޭނާ މީގެކުރިން ކުރައްވާފައިވާ އެ ޕޯސްޓުތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. ނަމަވެސް، މިނިސްޓަރު ވިދާޅުވީ އެއީ މިއަދުގެ ބައްދަލުވުމުގެ މައުޟޫއާ ނުގުޅޭ ނުވަތަ ”ތީމެޓިކް އޭރިއާ“ އިން ބޭރު ސުވާލުތަކެއް ކަމަށެވެ.

ނޫސްވެރިން ފާހަގަކުރި ޕޯސްޓުތަކުގެ ތެރޭގައި، 2020 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަކީ ”ޓެރަރިސްޓެއް“ ކަމަށް ސިފަކުރެއްވި ޕޯސްޓުތަކާއި، ކުރީގެ މެންބަރު އިބްރާހީމް އިސްމާޢީލް (އިބްރާ) އަށް މަލާމާތްކުރައްވައި 2019 ވަނަ އަހަރު ކުރެއްވި ޕޯސްޓެއް ހިމެނެ އެވެ. އަދި މި ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ބޭފުޅުންތައް އިދިކޮޅުގައި މަސައްކަތް ކުރި ދުވަސްތަކުގައި އޭރު މާލޭގައި ކުރިޔަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކާއި ގުޅުވައި އެ ބޭފުޅުންނަށް ވެސް އަމާޒުކޮށް ބައެއް ޕޯސްޓުތައްކޮށްފައި ވެއެވެ.

އަނެއްކާވެސް އެވަރަށް އަޅުގަނޑު އޭގެ ޖަވާބު ބާއްވާފައި މިއަދުގެ މައުލޫން ބޭރު ސުވާލެއް ވީމާ އެހެން ފަރާތަކަށް ފުރުސަތު އަރުވާނަން

”ސަންގު“ އިން އެންމެ ފުރަތަމަ ސުވާލު ކުރީ، އެ ޕޯސްޓުތައް ކުރެއްވީ ކީއްވެގެންތޯއާއި ރައްޔިތުންގެ މެދުގައި ނުހަނު ކަންބޮޑުވުންތައް އެ މައްސަލައިގައި އޮތްކަމެވެ. ނަމަވެސް މިނިސްޓަރ ވަނީ ޕްރެސްތަކުގައި އެފަދަ ސުވާލުތައް ނުކުރުމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން އެހެން ނޫސްވެރިއަކު ވެސް ވަނީ އެ ސުވާލުކޮށްފަ އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ގުޅުވައި ކުރި ޕޯސްޓާއި ގުޅޭގޮތުން ސުވާލު ކުރި އެވެ.

އެ ނޫސްވެރިޔާ ވަނީ އެ ޕޯސްޓުތަކަށް މައާފަށް އެދިދާނަންތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވީ އެ ސުވާލަށް ޖަވާބު ދޭން ބޭނުން ނުވާކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޝަރީފް އެފަދަ ޕޯސްޓުތައް ކުރައްވާފައި ހުރިކަން އެނގޭތޯ ސުވާލު ކުރި އެވެ. ޖަވާބުގައި ރައީސް ވިދާޅުވީ އަލީ ޝަރީފަކީ އެ ދާއިރާގެ ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި، ވަޒީފާ ދެއްވުމުގައި ބައްލަވަނީ ގާބިލިއްޔަތަށް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: