ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަބަރާއި މައުލޫމާތު ފަތުރަން ސަންގުން ކުރަނީ ފުރިހަމަ މަސައްކަތެއް: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް: ފޮޓޯ/ ދައުރު،
ޝެއާރކޮށްލާ ކަހަލަދޯ؟

ސަންގު ޓީވީގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެމް.ޑީ.ޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އެ ސްޓޭޝަނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ މެނޭޖުމަންޓަށާއި، ނޫސްވެރިންނަށް އަދި ހުރިހާ މުވައްޒަފުންނަށް ފޮނުއްވި މެސެޖެއްގައި ފައްޔާޒު ވަނީ، ސްޓޭޝަނުން ފާއިތުވި 11 އަހަރު ދުވަހު ކުރި މަސައްކަތްތަކަށް އަގުވަޒަންކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ރައްޔިތުންނަށް ބޭނުންވާ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ސަންގު ޓީވީން އަދާކުރާ މުހިންމު ދައުރު އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ހަބަރު ފޯރުކޮށްދިނުމުގައި ސަންގުޓީވީގެ މުވައްޒަފުން ކުރައްވަމުން ގެންދަވަނީ ބުރަ އަދި އެހާމެ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި މިފަދަ މުނާސަބަތެއްގައި އެ ހީވާގީ މަސައްކަތްތެރިންގެ ހިދުމަތް ފާހަގަކޮށް، ހެޔޮއެދުންތައް ފޮނުއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ސަންގު ޓީވީއަކީ ރާއްޖޭގެ މީޑިއާގެ ދާއިރާގައި ފާހަގަކޮށްލެވޭ، މިނިވަންކަމާއެކު އަޑުއުފުލުމަށް މަސައްކަތްކުރާ ސްޓޭޝަނެކެވެ. 11 އަހަރު ފުރުމުގެ މި އުފާވެރި ދަނޑިވަޅުގައި، ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންނާއި އާންމު ރައްޔިތުން ދަނީ އެ ސްޓޭޝަނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމުންނެވެ. ފައްޔާޒުގެ މެސެޖު ނިންމަވާލެއްވީ ސަންގު ޓީވީގެ ކުރިމަގަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: