ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުން ހަރުދަނާކުރުމަށް ބޭންކުން އާ ފިޔަވަޅުތަކެއް އަޅައިފި

ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ބޭރު ފައިސާ ލިބޭނެ މަގު ފަހިކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަނެވެ.

މި އާ ނިޒާމުގެ ދަށުން، ރާއްޖެއިން ބޭރުގެ ޕީ.އޯ.އެސް އަދި އޭ.ޓީ.އެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް އެކްޓިވް ވާނީ، ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ވަގުތުތަކުގައި އެކަނި ކަމަށް ބޭންކުން މައުލޫމާތުދެއެވެ. މީގެ ސަބަބުން، ކާޑުގެ ވެރިފަރާތާ ނުލައި ކާޑުތައް ރާއްޖެއިން ބޭރަށް ގެންގޮސްގެން ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވިގެންދާނެއެވެ.

ކިޔަވާ ކުދިންނަށް ޚާއްސަ ”ސްޓޫޑެންޓް ކާޑު“

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އަމިއްލަ ކާޑެއް ނެތް ކިޔަވާ ކުދިން ބެލެނިވެރިޔާގެ ކާޑު ބޭނުންކުރާނަމަ، އެ ކުދިންނަށް ”ސްޓޫޑެންޓް ކާޑު“ ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ކާޑުތަކަށް ކިޔަވާކުދިންނަށް ކަނޑައެޅިފައިވާ ޚާއްސަ ލިމިޓް ލިބިގެންދާނެއެވެ. ސްޓޫޑެންޓް ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދެވޭއިރު، އެ މުއްދަތު ހަމަވަންދެން ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ ގޮތް ބޭންކުން ވަނީ ހަމަޖައްސާފައެވެ.

އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ވިޔަފާރީގެ އުސޫލުން ގިނަ އަދަދެއްގެ މުދާ އޮންލައިންކޮށް ގަންނަ މައްސަލަ ހައްލުކުރުމަށް، ވިޔަފާރި ކުރާ ވަކި ސައިޓްތަކަކަށް ދުވާލަކު ވިއްކޭނެ ޖުމްލަ ބޭރު ފައިސާގެ އަދަދު ވަނީ ކަނޑައެޅިފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަހަކު 30 ޓްރާންސެކްޝަނަށް ވުރެ ގިނައިން ބޭނުންކުރަނީ ކަސްޓަމަރުންގެ އެންމެ 3 އިންސައްތައަށް ވުރެ މަދު އަދަދެކެވެ. އެހެންކަމުން، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭނެ ޓްރާންސެކްޝަންގެ އަދަދު މިހާރު ވަނީ 30 އަށް ކަނޑައަޅާފައެވެ.

ޑޮލަރު އެކައުންޓްތަކާއި ޓީޓީގެ ޚިދުމަތް

ބޭންކުން ހާމަކުރި ގޮތުގައި، ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާ ނުލައި މުއާމަލާތްތައް ކުރެވޭނެއެވެ. އަދި އެއް ކްރެޑިޓް ކާޑަށް ވުރެ ގިނަ ކާޑު ގެންގުޅޭ ފަރާތްތަކުން ހަމައެކަނި އެއް ކާޑުން އަހަރީ ފީ ނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ޓީޓީ މެދުވެރިކޮށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިތަކަށް ހަމަޖެއްސި ނަމަވެސް، ބޭރު ފައިސާ އެކައުންޓުގައި ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ހިމެނޭހެން ހުރިހާ ގަޑިއެއްގައި ވެސް ފޮނުވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: