ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާރުލްއާސާރު ހުޅުވާފައި ހުންނަ ދުވަސްތަކާއި ގަޑިތަކަށް ބަދަލު ގެންނަނީ

ގައުމީ ދާރުލްއާސާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކު ވެސް ގައުމީ ދާރުލްއާސާރު ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ސަގާފަތާއި ފަންނާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ހީނާ ވިދާޅުވީ ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކޮށް، އެ ތަނަށް ޒިޔާރަތްކުރުމަށް އޮންނަ ފުރުސަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. އެހެންކަމުން، އާންމުންގެ އެދުމުގެ މަތިން ހޮނިހިރު ދުވަހު ވެސް ދާރުލްއާސާރު ހުޅުވާފައި ބެހެއްޓުމަށް މިހާރު ވަނީ ނިންމާފައެވެ.

އަލަށް ގެނައި ބަދަލާ އެކު، ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ދާރުލްއާސާރު ހުޅުވާފައި ހުންނާނެއެވެ. މިއީ ކިޔަވާ ކުދިންނާއި އާންމު ރައްޔިތުންނަށް އެ ތަނުގައި ހުރި ތާރީޚީ ތަކެތި ބަލައި ދިރާސާކުރުމަށް ފަހިކޮށްދިން ފުރުސަތެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރަސްމީ ދުވަސްތަކުގައި ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކުރުމަށް ވެސް ސަރުކާރުން ދަނީ ވިސްނަމުންނެވެ. އެގޮތުން ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 9:00 ނުވަތަ 10:00 އާ ހަމައަށް ވަގުތު އިތުރުކުރުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ބަދަލުތައް ގެނައުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ނިންމުމުގެ ސަބަބުން ދިވެހި ތާރީޚާއި ތަރިކައަށް ލޯބިކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: