ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިއްޖެ

ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގްރޫޕްގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތައް އެ ކުންފުނިން ރަސްމީކޮށް އާންމުކޮށްފިއެވެ.

30 އޭޕްރިލް 2026 ގައި އެސްޓީއޯގެ ވެބްސައިޓް މެދުވެރިކޮށް އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު އެސްޓީއޯ ގްރޫޕަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.68 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 0.5 އިންސައްތައިގެ ދަށްވުމެކެވެ.

އާމްދަނީއަށް އައި މި ބަދަލުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި، ޝިޕިންގ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ. ނަމަވެސް، ތެލުގެ އަގު ދަށްވުމުގެ ސަބަބުން އާމްދަނީއަށް އަސަރުކުރި ނަމަވެސް، ވިއްކި ތެލުގެ މިންވަރު ވަނީ 8 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ކުންފުނީގެ އިންޝޫރަންސް، ގޭސް އަދި ޓްރޭޑިންގ ވިޔަފާރިތަކުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، ހިންގުމުގެ ހަރަދު ނިސްބަތުން ދަށްކުރެވުނު ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާ ގުޅިގެން ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.18 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް، ފައިނޭންސް ކުރުމުގެ ހަރަދު 16 އިންސައްތަ ދަށްވުމަކީ ކުންފުނީގެ ފައިދާއަށް ލިބުނު ބޮޑު ލުޔެކެވެ.

މި ބަދަލުތަކާއެކު، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 962 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ޓެކްސް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ލިބިފައިވަނީ 785 މިލިއަން ރުފިޔާއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ނަތީޖާއާ ގުޅިގެން އެސްޓީއޯއިން ވަނީ އެ ކުންފުނީގެ ވިޔަފާރީގެ އެންމެހާ ބައިވެރިންނާއި ކަސްޓަމަރުން ބަހައްޓަވާ ގާތްކަމަށާއި، ދެއްވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު އަދާކޮށްފައެވެ. އެސްޓީއޯއަކީ ރާއްޖޭގެ އިގްތިސާދީ މައިބަދައިގެ ގޮތުގައި ބެލެވޭ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ސަރުކާރު ހިއްސާވާ ކުންފުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: