ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ އީޖާދީ ހުނަރުވެރި ޖީލެއް ބިނާކުރުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތަޢުލީމް އުނގެނި، އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރިނބުދޫ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސާނަވީ އާއި މަތީ ސާނަވީ ތަޢުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ގިނަ ޤައުމުތަކުގެ ޔުނިވަރސިޓީތަކުން ކިޔެވޭނެ ފުރުޞަތު ސަރުކާރުން ހަމަޖައްސައިދެއްވީ މި މުހިންމު މަޤްޞަދު ޙާޞިލްކުރުމުގެ ބޭނުމުގައި ކަމަށެވެ.

މިޒަމާނުގެ ތަޢުލީމަކީ، މަސައްކަތުގެ ހުނަރާ އެކުގައި އުނގެނޭ ތަޢުލީމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކޫލް މަރުޙަލާގެ އެންމެ މުހިންމު އެއް ކަމަކީ، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނެގަނެ، އެ ހުނަރާއި ފަންނުތައް އިތުރަށް ތަރައްޤީކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުންކަމުގައެވެ. އެހެންކަމުން މައިންބަފައިންވެސް، ދަރިންނަށް ކިޔަވައިދިނުމުގައި މި ކަންކަމަށް ސަމާލުކަން ދެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމު މިއަދު ބޭނުންވަނީ އީޖާދީ އުފެއްދުންތެރި ޒުވާނުންތަކަކަށްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރިނބުދޫ ސްކޫލުގެ ދަރިވަރުންވެސް އަމާޒު ހިފަންވީ، ސްކޫލް މަރުޙަލާ ނިންމުމަށް ފަހު، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން، މަތީ ތަޢުލީމް ޙާޞިލްކޮށް، ޤައުމުގެ ތަރައްޤީގައި ޢަމަލީ ގޮތުން ބައިވެރިވާނެ ޒުވާނަކަށް ވުމަށް ކަމަށެވެ.

ރިނބުދޫ ސްކޫލުގެ 50 އަހަރުގެ ދިގުމާޒީގައި އެ ސްކޫލަކީވެސް ރައްޔިތުންގެ އަމިއްލަ މަސައްކަތުން އުފެދި ކުރިއަރައިދިޔަ ސްކޫލެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަން ޔޫބީލްގެ މި މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ސްކޫލްގެ އިސް ވެރިންނަށާއި ސްކޫލްގެ މުވައްޒަފުންނަށާއި ދަރިވަރުންނާއި ބެލެނިވެރިންނަށް ދަންނަވާފައެވެ.

ރިނބުދުއަކީ ހުނަރުވެރި ބަޔަކު ދިރިއުޅޭ ރަށެއްކަމާއި މިގޮތުން އެރަށަކީ ޚާއްޞަކޮށް ތިލޭރުކަމަށް ރާއްޖެއަށް މަޝްހޫރު ރަށެއްކަން ފާހަގަކުރައްވައި ޒުވާނުންނަށް ތިލޭރުކަން ދަސްކޮށްދީ އެ މަސައްކަތް ދިރުވައި އާލާކުރުމަށް، ކައުންސިލުން އިސްނަންގަވައިގެން މަސައްކަތްކުރައްވަމުން ގެންދަވާތީ އެކަމަށްޓަކައި ރިނބުދޫ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރިނބުދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅުތަކުގައި ސަރުކާރުން އެޅުމަށް ރާއްވަވާފައިވާ ހައުސިންގ ޔުނިޓުތައް އެޅުމުން މި މައްސަލައަށްވެސް ޙައްލެއް ލިބިގެންދާނެކަމުގައެވެ.

ރިނބުދޫ އަކީވެސް ރަށްގިރުމުގެ މައްސަލަ ވަރަށްބޮޑަށް ކުރިމަތިވެފައ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިނބިދުއަކީ ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމުގައި އެންމެ ބޮޑަށް އިސްކަން ދޭންޖެހިފައިވާ ރަށްތަކުގެ ލިސްޓުގައި ހިމެނޭ ރަށެއްކަމުގައެވެ.

ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން، އެކަން ފެށުމަށްޓަކައި މިހާރު އެމަސައްކަތް ޓެންޑަރ ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރިނބުދޫގެ ކަރަންޓުގެ ޚިދުމަތް ތަރައްޤީކުރުމުގެ މަޝްރޫޢުވެސް މިއަހަރު ކުރިޔަށްދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ރައްޔުތުންނަށް ވެފައިވާ ވަޢުދުތަކާ އެއްގޮތަށް، ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމަށާއި އެކަންކަންވެސް ކުރިޔަށްގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމުގައެވެ.

މިރޭގެ ޖަލްސާގައި، ރިނބިދޫ ސްކޫލަށް ދިގު މުއްދަތެއްގައި މެދު ނުކެނޑި ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ޚިދުމަތުގެ އެވޯޑް އެފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ޖަލްސާގައި ރިނބިދޫ ސްކޫލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަނދާނީ ފިލަޔެއް ހަދިޔާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: