ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

’އައިޝާ‘ ޑޮކިއުމަންޓަރީގެ މައުލޫމާތު ފެތުރުން މަނާކޮށް، ކޯޓު އަމުރަށް ތަބާވުމަށް މީޑިއާ ކޮމިޝަން އަންގައިފި

ޕްރެސް ކޮންފަރެންސެއްގެ ތެރެއިން / ފޮޓީ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

”އަދަދު“ ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ތައްޔާރުކުރި ”އައިޝާ“ ޑޮކިއުމަންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ އެއްގޮތަށް އަމަލުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑީއާތަކަށް އަންގައިފިއެވެ.

މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހުރިހާ މީޑިއާތަކަކުން ބޯލަނބަންޖެހޭނެ ކަމަށެވެ. މި އަމުރަކީ ރައީސް މުއިއްޒުގެ އަބުރަށް ހުތުރުވާފަދަ ތުހުމަތުތަކެއް ކޮށްފައިވާ މައްސަލާގައި، ”އަދަދު“ އޮންލައިންގެ އެޑިޓަރުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޛްފުކުރުމުގެ ދައުވާއާ ގުޅިގެން ނެރެފައިވާ އަމުރެކެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، މި މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ޑޮކިއުމަންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުމާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ދެއްކުމަކީ މަނާކަމެކެވެ. މީގެ އިތުރުން މައްސަލައިގެ އެއްވެސް ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ ވާހަކަ މި ޑޮކިއުމަންޓަރީއާ ގުޅުވައިގެން ދެއްކުންވެސް ވަނީ މަނާކޮށްފައެވެ.

މީޑިއާ ކޮމިޝަނުން ބުނީ، ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނު) ގައި ބުނާ އެންމެހާ މީޑިއާތަކުން ކޮންޓެންޓް އާންމުކުރުމުގައި މި ގަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަންޖެހޭނެ ކަމަށެވެ.

ޕީޖީ އޮފީހުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 10 މޭ 2026 ގައެވެ. މި ދައުވާ އުފުލީ މިދިޔަ މާރިޗު މަހުގެ 28 ގައި އާންމުކުރި ”އައިޝާ“ ޑޮކިއުމަންޓަރީގައި ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާތީ، ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: