ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގައި ޙިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތީ ”ތަންމިނަށް “ ފުޅާކޮށް : ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޙިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތީ ”ތަންމިނަށް“ ފުޅާކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ޙިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރަށް ބަލާއިރު، ދިވެހިރާއްޖެއަށްވުރެ ބޮޑަށް އެ މިނިވަންކަން އޮތް ޤައުމެއް އޮންނާނެހެން ހީފުޅުނުވާކަމަށެވެ. ނަމަވެސް ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަން ފާހަގަކުރައްވައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ކޮންމެ ރައްޔިތަކުވެސް މަސައްކަތްކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”ދިވެހިރާއްޖޭގައި ޙިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތީ ތަންމިނަށް ފުޅާކޮށް، ދިވެހިރާއްޖެއަށްވުރެ ބޮޑަށް ޙިޔާލުފާޅުކުރުމުގެ މިނިވަންކަންއޮތް ޤައުމެއް އޮންނާނެހެނެއް ހިއެއްނުވޭ، އެކަމަކު ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް، އަދި ރާއްޖޭގެ ޤާނޫނު އަސާސީ ވަރަށް ސާފު. އެހެންކަމުން ސަރުކާރުން ރޫލް އޮފް ލޯ ހިފަހައްޓާނެ،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޙިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި އިސްލާމްދީނުގައި މަނާކޮށްފައިވާ ކަންކަމާއި، ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ފާހެއް އޮތުމަކީ އެހެން މީހުންގެ އަބުރަށް އަރައިގަތުމަށް ލިބޭ ލައިސަންސެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ”އައިޝާ“ ޑޮކިއުމަންޓަރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ ޑޮކިއުމަންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން އަމުރުކޮށްފައިވާތީ، އެ އަމުރަށް ތަބާވުމަކީ ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: