ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާށިދޫ ދާއިރާ ގުޅުވައިދޭ ކޭބަލް ކާރު މަޝްރޫއުއާ ގުޅޭ ގޮތުން ޖާބިރު ޓްރާންސްޕޯޓް މިނިސްޓަރާއި މަޝްވަރާ ކުރައްވައިފި

އިޓަލީގެ ކުންފުންޏަށް ކާށިދޫ ދާއިރާގައި ކޭބަލް ކާރު އެޅޭނެ ކަމުގެ ޔަގީންކަން އެބައޮތް -- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކާށިދުއާއި ގާފަރާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރިއަށް  ގެންދަން ނިންމާފައިވާ ކޭބަލް ކާރު މަޝްރޫއުއާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރ ޢައިޝަތު ނަހުލާއާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. 

ކާށިދުއާއި ގާފަރާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކޭބަލް ކާރު އަޅާނެކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިމިގެންދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭންތެރޭގައި ވަނީ ވައުދުވެވަޑައިގެންފައެވެ. ޖާބިރު ވިދާޅުވީ، ތަހުޒީބުވެފައިވާ ގައުމުތަކުގައި އެއް ގައުމުން އަނެއްގައުމަށް އަދި އެއް ސިޓީން އަނެއް ސިޓީން ދަތުރުކުރުމަށް ކޭބަލް ކާރުން ގުޅުވާލައިފައިވާ ކަަމަށެވެ. ކޭބަލް ކާރުން ކާށިިދުއާއި ގާފަރު ގުޅުވާލުމަކީ ނުވާނެ ކަމެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިނިސްތަރ ނަހުލާއާއިއެކު ކުރިއަސް ގެންދެވި މަޝްވަރާތަކާއި ބެހޭ ގޮތުން ޑީއާރްޕީގެ ތަރުޖަމާން އަދި އެ ޕާޓީގެ ނައިބް ރައީސް އިބްރާހިމް ރިފާއު ވިދާޅުވީ ޖާބިރު މިނިސްޓަރ ނަހުލާއާއި ބައްދަލު ކުރެއްވުމަށް ފަހު ކާށިދޫގެ އެއާޕޯޓުގެ މަޝްރޫއުއާއި ބެހޭ ގޮތުންނާއި ކޭބަލް ކާރު ޕްރޮޖެކްޓުގެ އިތުރުން ކޮމާޝިއަލް އެއާލައިން ހިންގުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ ޓްރާންސްޕޯޓުގެ ދާއިރާ އިތުރަށް ތަރައްގީ ކޮށް ކުރިއަރުވާނެ ގޮތާއި ބެހޭ ގޮތުން މިނިސްޓަރ ނަހުލާއާއި ހިޔާލް ބަދަލު ކުރެއްވި ކަމަށް ރިފާއު ވިދާޅުވިއެވެ. 

ކާާާށިދޫއަކީ ގަދަ ކަނޑެއް އޮތް ސަރަހައްދެއްކަމަށް ބުނެ، ކޭބަލް ކާރު ޕްރޮޖެކްޓު ކުރިޔަށް ނުގެންދެވެންވީ ސަބަބެއް ނެތް ކަމަށާއި، ކޭބަލް ކާރު ނޭޅިދާނެތީ އެކަމާ ބިރެއް ނުގަންނަ ކަމަށް ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމަށް އައި އިޓަލީގެ ސިންޓެކްނިކާ ކުންފުނީގެ އިންޖީނިއަރިންގެ ޕްރެޒިޑެންޓް ލުކާ މެނިނީ ވިދާޅުވެފައެވެ. 

”ސަންގު“ އަށް ދެއްވި އިންޓަވިއުއެއްގައި ސިންޓެކްނިކާ އިންޖީނިއަރިންގެ ޕްރެޒިޑެންޓް ލުކާ ވިދާޅުވީ، ދުނިޔެ މިވަނީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައި ކަމަށެވެ. އެހެން ކަމުން، އެއްވެސް ކަމަކީ އެއީ ނުވާނެ ކަމެއް ނޫންކަން ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ ގައުމުތަކަށް ބަލާލުމުންވެސް އެނގިގެންދާނެ ކަމަށެވެ.

ރާއްޖެއަކީ ވެސް ތަރައްގީގެ ގޮތުން ކުރިއަރަމުން އަންނަ ގައުމެއްކަން ފާހަގަކުރައްވާ ލޫކާ ވިދާޅުވީ، ކޭބަލް ކާރުގެ ޕްރޮޖެކްޓާއި ގުޅޭގޮތުން އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ޖާބިރު ކަމަށެވެ. އަދި ޖާބިރު، އޭނާގެ ދާއިރާގެ ތަރައްގީއާއި ގުޅޭގޮތުން ގެންގުޅުއްވަނީ ތަފާތު ތަސައްވުރެއް ކަމަށެވެ.

ކާށިދޫ ދާއިރާގެ ރަށްތައް ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމުގެ ގޮތުން، ލޭންޑްސްކޭޕްކޮށް އެ ސަރަހައްދު ބަލާފައިވާކަން ލޫކާ ވަނީ ފާހަގަކުރައްވާފައެވެ. ލޫކާ ވިދާޅުވީ، ކޭބަލް ކާރުތަކުން އެއްތަން އަނެއްތަނާއި ގުޅާލުމަކީ އެއީ ދުރު ވިސްނުމެއް ކަމަށެވެ. މިއީ މޯބިލިޓީގެ ގޮތުން ބަލާލިނަމަވެސް، ވަގުތު ސަލާމަތް ވުމާއި އެކު މާ ބޮޑެތި ހަރަދުތަކެއް ނުދާނެ ދަތުރުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: