ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަސް ޑޮކްތަރުން ލަފާދީފައިވާކަން ”ސަންގު“ އަށް މައުލޫމާތު ލިބިއްޖެއެވެ. 

ރައީސް ޔާމީން ބޭސްފަރުވާއަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްތަރުން ލަފާ ދެއްވާފައިވާކަން ”ސަންގު“ އަށް އިތުބާރު ހުރި މަސްދަރުތަކުން އެކަން ކަށްވަރު ކޮށްދީފައިވާއިރު މީގެ ތިން ދުވަސް ކުރިން ރައީސް ޔާމީން މާލެ ގެންނަވައި ޓެސްޓުތަކެއް ވަނީ ހަދާފައެވެ. 

ރައީސް ޔާމީންގެ އާއިލާގެ ފަރާތުން ”ސަންގު“އަށް މައުލޫމާތު ދެމުން ބުނީ ރާއްޖެއިން ނުހެދޭ ހިތުގެ ޓެސްޓުތަކެއް ހުރުމުން އެ ޓެސްޓުތައް ހެދުމަށް އަދި ހިތުގެ ބަޔަށް ފަރުވާ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްތަރުން ލަފާ ދެއްވާފައިވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީން ހިތުގެ ބަޔަށް ބޭސްފަރުވާ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްތަރުން ލަފާ ދެއްވާފައި ވަނީ އާއިލާއިން ބުނި ގޮތުގައި އެންމެ ފަހުން ހެއްދެވި ޓެސްޓުތަކަށް ފަހުގައެވެ. 

ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފުގެ ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީމަނީ  ހިތުގެ ބަލިތަކާއި އެކު، މައިބަދައިގައި މައްސަލަތަކެއް ޖެހި ސާޖަރީއެއް ހަދަން ޖެހިފައިވާކަމަށެވެ. އަދި ހުރިހާ ކަންތަކެއް ދިމާވުމާއި އެކު ހައްޔަރުގައި ބެހެއްޓި މުއްދަތުގެ ތެރޭގައި ނަފްސާނީގޮތުން ކަންތަކާއި ކުރިމަތިލާންޖެހުނު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ހިތުގެ މައްސަލަތަކެއް ވެސް ދިމާވި ކަމަށާއި އެއީ އެންމެ ފުރަތަމަ މައްސަަލައިގައި ބަންދު ކުރި ދުވަސްވަރުކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އޭރު ބަންދުން ދޫކުރުމާއި އެކު ޑޮކްޓަރަށް ދެއްކެވި ކަމަށެވެ. އައިޖީއެމްއެޗްގެ ކާޑިކް ސެންޓާރ އިން ޓެސްޓުތަކެއް ހެދުމަށްފަހު ރާއްޖެއިން އެއްވެސް ފަރުވާއެއް ދެވެން ނެތް ކަމުގެ މައުލޫމާތު ދެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޝަރީއަތް ނިމެންދެން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބަންދުގައި ބެހެއްޓުމަށްފަހު، މަސް ދުވަސް ފަހުން ބަންދުން ދޫކޮށްލުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދުމަށް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.

ރައީސް ޔާމީން ތިން ދުވަސް ވަންދެން އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމަށް ފަހު ހެއްދެވި ޓެސްޓްތަކާއި ގުޅޭ ގޮތުން ކަރެކްޝަންސްއިން ބުނެފައި ވަނީ ރައީސް ޔާމީން ހެއްދެވި ޓެސްޓްތަކަކީ އެމަނިކުފާންގެ ޒާތީ ކަމެއް ކަމަށާއި އެހެން ކަމުން އެ ޓެސްޓްތަކާއި ގުޅޭ އެއްވެސް މައުލޫޟާތެއް ދެވެން ނެތް ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: