ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ނޫސްވެރިއަކު ޖަލަށް ލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ކަޅު ދުވަހެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

’އަދަދު‘ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ޝާހިދު މިކަން ސިފަކުރެއްވީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެއްގެ ގޮތުގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ލިބުނު ކަޅު ދުވަހެއް ކަމަށެވެ. އަދި ނޫސްވެރިން ކުރާ މަސައްކަތެއްގެ ސަބަބުން އެމީހުން ޖަލަށްލައިގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

”މިއީ މިނިވަން މީޑިއާއަށް ދެވުނު ބޮޑު ހަމަލާއެއް. އަދި ބާރުތައް ޒިންމާދާރުކުރުވަން މަސައްކަތްކުރާ ފަރާތްތަކަށް ދެވުނު ބިރުވެރި އިންޒާރެއް،“ ޝާހިދު ލިޔުއްވާފައިވެއެވެ.

މި ދެ ނޫސްވެރިން ހައްޔަރުކޮށް ހުކުމްކޮށްފައިވަނީ، އަދަދު ނޫހުން ނެރުނު ”އާއިޝާ“ ޑޮކިއުމެންޓަރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ބުނެއެވެ. އެ ޑޮކިއުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށްފައިވާއިރު، ރައީސް އޮފީހުން ވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޝަހުޒާންގެ މައްޗަށް މި ހުކުމް ކުރީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޮކިއުމެންޓަރީގައިވާ ތުހުމަތުތަކާ ގުޅޭގޮތުން ރައީސް މުއިއްޒުއާ ސުވާލުކުރުމުންނެވެ. އެ ދުވަހު ސެކިއުރިޓީން ވަނީ އޭނާ އެ ބައްދަލުވުމުން ނެރެފައެވެ. އަދި ލީވާން ހާޒިރުކުރެވުނީ ކޯޓުން ނެރުނު އަމުރާ ގުޅޭގޮތުން ލިޔުނު ޚަބަރަކާ ގުޅިގެން ކަމަށްވެއެވެ.

މި ހާދިސާއާ ގުޅިގެން ޝާހިދު ވަނީ ރައީސް ޑރ. މުއިއްޒު ނޫސްވެރިކަމުގެ މިނިވަންކަމަށް ދެއްވާ އަހައްމިއްޔަތާމެދު ސުވާލު އުފައްދަވާފައެވެ. އިދިކޮޅު ފަރާތްތަކުން ދެކޭގޮތުގައި މިއީ ނޫސްވެރިންގެ އަނގަ ބަންދުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ އަމަލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: