މި ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު،“ ބޯހިޔާވަހިކަން އެންމެނަށް“ މި މަޝްރޫއަށް އެދި ފޯމު ހުށައަޅާއިރު މައުލޫމާތު ބަދަލުކޮށް ހުށައެޅުމުގެ ފުރުސަތު ނުދެނީ މެނިޕިއުލޭޓް ކުރުމުގެ ފުރުސަތު ވީހާވެސް ކުޑަ ކުރުމުގެ ގޮތުންކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިގޮތުން ވަޒީރު ވިދާޅުވީ, ފޯމް ސަބްމިޓްކުރުމަށްފަހު އެމީހަކަށް ލިބޭ ޕޮއިންޓް ވަގުތުން އިނގޭގޮތަށް ފެންނަން ހުންނާނެކަމަށެވެ. މައުލޫމާތެއް ބަދަލު ކުރުމުގެ ފުރުސަތު ދީފިކަމަށް ވާނަމަ ޕޮއިންޓް ދިނުމުގެ އުސޫލަށް ބަދަލު އަންނަ ކަހަލަ ގޮތަކަށް އެންމެ ގިނައިން މާކްސްލިބޭނެ ގޮތަކަށް މައުލޫމާތު ބަދަލުކޮށް ހެދުމުން މައްސަލަތަކެއް ދިމާވެދާނެތީ އެފުރުސަތު ދެވިފައިނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“ ފޯމް ސަބްމިޓްކުރުމަށްފަހު އެމީހަކަށް ލިބޭ ޕޮއިންޓް ވަގުތުން އިނގޭގޮތަށް ޕޯޓަލްއިން ފެންނަން ހުންނާނެ، މައުލޫމާތެއް ބަދަލު ކުރުމުގެ ފުރުސަތު ދީފިނަމަ ޕޮއިންޓް ދިނުމުގެ އުސޫލަށް ބަދަލު އަންނަ ކަހަލަ ގޮތަކަށް އެންމެ ގިނައިން މާކްސްލިބޭނެ ގޮތަކަށް މައުލޫމާތު ބަދަލުކޮށް ހެދުމުން ފަހުން މައްސަލަތަކެއް ދިމާވެދާނެ ”ޑރ. އަބްދުﷲ މުއްތަލިބް
އެހެންނަމަވެސް ޝަކުވާއެއް ހުށައަޅަން ބޭނުންނަމަ ޕޯޓަލް މެދުވެރިކޮށް އެކަން ހުށައެޅޭނެ ކަމަށާއި އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަންބަލާ މައުލޫމާތު ފުރުމުގައި ރަނގަޅުކުރަންޖެހޭ ކަމެއް ވާނަމަ އެފުރުސަތު އެފަރާތަކަށް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާތަނަށްވެސް އެފުރުސަތު ވަރަށް ގިނަ ފަރާތްތަކަކަށް ދެވިފައިވާނެކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ, ފޯމު ހުށައަޅާއިރު ވަކި އަވަހަށް ހުށައަޅައިގެން ވާނެ ފައިދާއެއް ނޯންނާނެކަމަށެވެ. އެހެންނަމަވެސް އެންމެ މުހިންމު ކަމަކީ ރަނގަޅަށް ބަލާ ސައްޙަ މަޢުލޫމާތާއިއެކު ފޯމު ހުށައެޅުން ކަމުގައި ވަޒީރު ތަކުރާރުކުރެއްވިއެވެ.
“ ފޯމް ހުށައަޅާއިރު ވަކި އަވަހަށް ހުށައަޅައިގެން ވާނެ ފައިދާއެއް ނޯންނާނެ. އެންމެ މުހިންމު ކަމަކީ ރަނގަޅަށް ބަލާ ސައްޙަ މަޢުލޫމާތާއިއެކު ފޯމު ހުށައެޅުން ”ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
ވަޒީރުގެ ވާހަކަ ނިންމަވާލައްވަމުންވެސް ވަނީ ފޯމް ސަބްމިޓްކުރުމަށްފަހު ޑިލީޓްކޮށް އަލުން ފޯމު ސަބްމިޓްކުރުމުގެ ފުރުސަތު ނުދޭ މައިގަނޑު ސަބަބަކީ އެންމެ ގިނަ މާކްސް ލިބޭގޮތަށް މައުލޫމާތު ބަދަލުކޮށް މެނިޕިއުލޭޓް ކުރުމުގެ ފުރުސަތު ނުދިނުމަށްޓަކައި ކަމަށް ތަކުރާރުކުރައްވަމުންނެވެ.
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، މިހާތަނަށް 20،000 ފޯމު ފުރިހަމަކޮށް ހުށަހަޅާފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

