ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީމުތަކާއި އެކު އެމްޑީޕީގެ ”ރަށްވެހި ފަތިސް“ ރަށްތަކަށް!

ޓީމުތަކާއި އެކު އެމްޑީޕީގެ "ރަށްވެހި ފަތިސް" މި ފަހަރު ރަށްތަކަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ރައްޔިތުންގެ ތާއީދު އިތުރު ކުރުމަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ރަށްތަކަށް ދަތުރު ފެށުމަށް ހަމަޖެހިއްޖެއެވެ.

ކެމްޕެއިން ހަރަކާތްތައް ހިންގެވުމުގެގޮތުން ރަށްތަކުގައި ކުރިޔަށް ގެންދާ ”ރަށްވެހި ފަތިސް“ ކެމްޕެއިން ރައީސްއިބްރާހިމް މުޙައްމަދު ސޯލިހާއި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ދަތުރުތައް މާޗު މަހު ފެށުމަށް ހަމަޖެހިފައިވާއިރު، އަތޮޅުތަކުގެ ރަށްތަކަށް ދަތުރު ކުރާ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތައް އާއްމުނާއި އެކު ބައްދަލުވުންތައް ކުރިޔަށް ގެންދާނެއެވެ. އަދި ދޮރުން ދޮރަށް ހަރަކާތްތައް ކުރިޔަށް ގެންދިއުމާއި ރަށަށް ތަރައްގީ ގެނައުމުގައި ރައްޔިތުން ގެންނަން ބެނުންވާ ބަދަލުތައް އޮޅުންފިލުވާނެއެވެ.

ކައުންސިލް އިންތިހާބުގެ މައުލޫމާތުތައް ދިނުމަށް، އެމްޑީޕީން ކަނޑައަޅާފައިވަނީ އެ ޕާޓީގެ ޑެޕިއުޓީ ސެކޭޓްރީ ޖެނެރަލް އަފްޝަން ލަތީފެވެ. ދަތުރުތަކާއި ބެހޭ މައުލޫމާތު ދެއްވަމުން އަފްޝަން ވިދާޅުވީ ”ރަށްވެހި ފަތިސް“ ކެމްޕެއިންގެ މުހިންމު ކަމެއްގެ ގޮތުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ”ރަށްވެހި ފަތިސް“ ކެމްޕެއިންގެ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތްތައް ފެށިގެންދާނެކަމާއި މިހަރަކާތުގައިވެސް އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކުން ބައިވެރިވާނެކަމަށެވެ.

އަފްޝްން ވިދާޅުވީ އަންނަ މާޗްމަހުގެ 2 ވާ ހޯމަ ދުވަހު ކެންޑިޑޭޓުންގެ އޮބްޒާވަރުނަށްވުމަށް، އިލެޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ ސުންގަޑި ހަމަވާނެކަމަށާއި 3 މާޗް ގައި ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ގުރުއަތު ނެގުމާއި ނަން ތަރުތީބުކުރުން އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ކަމަށެވެ. އަދި 4 މާޗްގައި ނަންތައް އިއުލާން ކުރެވިގެންދާނެކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީގެ ކެމްޕެއިން ވޯކްޝޮޕްތައް މިހާރު ބައެއް އަތޮޅުތަކުގައި ކުރިޔަށްދާކަން އަފްޝަން ފާހަގަ ކުރެއްވިއެވެ. އަދި މި ވޯކްޝޮޕްތަކުގައި ވޯޓާރ އެޑިއުކޭޝަނަށް ބާރުއަޅަމުން ގެންދާކަމަށެވެ. މި ވޯކްޝޮޕްގެ މަގްސަދެއްގެ ގޮތުގައި އަފްޝަން ވިދާޅުވީ މިފަހަރުގެ އިންތިހާބަކީ އާ ގޮތަކަށް ވޯޓުލެވޭ އިންތިޚާބެއްކަމާއި އެމްޑީޕީއިން އީސީގެ މައުލާމާތު ދިނުމުގެ ބަޔަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. އަދި އެމްޑީޕީގެ ސައްހަ ވޯޓުތައް ވީހާވެސް އިތުރުކުރުމަށް ބޭނުންވާކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ މިހިނގާ މަހުގެ 27 ވަނަ ދުވަހަކީ ރީ-ރެޖިސްޓްރޭޝަންގެ ސުންގަޑި ހަމަވާނެ ކަމަށާއި، މިކަމުގައިވެސް އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާ ފަރާތެއްވާނަމަ ސޯސަންމަގުގައި ހުންނަ އެމްޑީޕީ މައި ކެމްޕެއިން އޮފީހަށް ވަޑައިގަތުމުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: