ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުސޫލު ފުރިހަމަ ކުރުމަށް ޗައިނާއިން އައި ދެ ދިވެއްސަކު އެކަހެރިކޮށްފައި!

އުސޫލު ފުރިހަމަ ކުރުމަށް ޗައިނާއިން އައި ދެ ދިވެއްސަކު އެކަހެރިކޮށްފައި!
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގައި ދިރިއުޅުމަށްފަހު، ރާއްޖެއަަށް އެނބުރިއައި ދެ ދިވެއްސަކު އެކަހެރިކޮށް އެމީހުންގެ ހާލަތު ބަލަމުން އަންނަ ކަަމަށް ހެލްތް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ނޯޓު: ކޮރޯނާ ވައިރަސް އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު https://www.worldometers.info/coronavirus/#countries ވޯލްޑް މީޓާސްއިން ލިބޭނެއެވެ.

ކޮރޯނާވައިރަސް، އެކި ގައުމުތަކަށް ފެތުރެން ފެށުމާ އެކު، ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އަދި އެ ވައިރަސް ހުރި މީހަކު ފެނިއްޖެ ނަމަ، ކަރަންޓީން ކުރުމަށްޓަކައި ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ވަނީ ހަމަޖައްސައިފަ އެވެ. އަދި ހުޅުމާލޭ ޕްރީސްކޫލްގައި ކަރަންޓީން ކުރާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ކޮރޯނާވައިރަސްގެ ނުރައްކާތެރި ކަން އިތުރަށް ބޮޑުވެއްޖެ ނަމަ، ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ވެސް ކަރަންޓީން ކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން، ފަރުކޮޅުފުށީގައި ކްލިނިކަލް ފަރުވާ ދޭނެ ސެންޓަރެއްގެ އިތުރުން އާ ރަށުގައި ވެސް ވަނީ އެ އިންތިޒާމުތައް ހަމަޖައްސާފައެވެ.

ޗަައިނާގައި އުޅުމަށްފަހު އައި މި ދެ މީހުންނަށް މި ފިޔަވަޅު އަޅާފައިވަނީ އެއްވެސް ނުރައްކަލެއް އޮވެގެން ނޫންކަމަށާއި ދެ ދިވަހިންގެ ގައިގައި ވައިރަސްގެ އެއްވެސް އަލާމާތެއް ނެތް ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޗައިނާގައި ބައެއް ދިވެހިން އަދިވެސް ތިބިއިރު، އެ މީހުންނަށް އެނބުރި ގައުމަށް އައުމުގެ ފުރުސަތު އެބައޮތެވެ. ޗައިނާގެ ވޫހާންގައި ތިބި ހަތް ދިވެހިން އިންޑިއާގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވަންދެން ކަރަންޓީން ކުރުމަށްފަހު، މި މަހުގެ ތެރޭގައި އެ މީހުން ވަނީ ރާއްޖެ ގެނެސްފައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއަށް ބޭރުން އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުންގެ ހާލަތު އިތުރަށް ބަލާފައިވާނެ ކަމަށާއި، ނަމަވެސް، އަދި ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ކޮރޯނާއަށް ޝައްކުކުރެވުނު މީހާ ކަރަންޓީން ފެސިލިޓީއަށް ގެންދިއުމުގައި ހަރަކާތްތެރިވީ ސިފައިން

މި ވައިރަސްގެ ތިން ކޭސްއެއް އަވައްޓެރި ކެރެލާއިން ފެނުނެވެ. ޗައިނާއިން އެ ސިޓީއަށް އައި، ދެ މީހަކު އެކަހެރިކޮށް ފަރުވާދެމުން ދަނިކޮށް ޖުމްލަ ތިން މީހަކު، އެ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން ކެރެލާއިން ވަނީ ޔަގީންކޮށްދީފައެވެ. އަދި އެ ތިން މީހުންނަށް ފަރުވާ ދީ މިހާރު ވަނީ އެކީ ރަނގަޅު ވެފައެވެ. އަދި އަވައްޓެރި ލަންކާއިން ވައިރަސް ފެނުނު މީހާ ވެސް ވަނީ އެކީ ރަނގަޅު ވެފައެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސިންގަޕޯރ އިން ފެނުނު ކޭސްތަކުގެ އަދަދު 91 އަށް އަރައެވެ. އެއީ މިއަދު ޔަގީންވީ އެއް ކޭސްއާއި އެކުއެވެ. ފަރުވާ ދިނުމަށްފަހު އެ ގައުމުން 58 މީހަކު ވަނީ ރަނގަޅު ވެފައެވެ. އަދި 7 މީހެއްގެ ހާލަތު ގޯސްކަމަށް ދައްކައެވެ. ތައިލޭންޑުން 37 ކޭސް ފެނުނުއިރު، 21 މީހަކު ވަނީ އެކީ ރަނގަޅުވެފައެވެ. އަދި އެކެއްގެ ހާލަތު ގޯސްކަމަށް ދައްކައެވެ.

ދެން ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އަދި ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ މެލޭޝިއާ އާއި އޮސްޓްރޭލިއާ ފެނިފައިވަނީ 22 ކޭސްއެކެވެ. މެލޭޝިއާގައި ފަރުވާ ދެމުން އަންނަނީ މިވަގުތު ދެ މީހަކަށެވެ. އަނެއް 20 މީހުން ވަނީ އެކީ ރަނގަޅު ވެފައެވެ. އަދި އޮސްޓްރޭލިއާގައި 11 މީހެއް އެކީ ރަނގަޅުވެފައި ވެއެވެ. މި ދެ ގައުމުގައި ފަރުވާ ދެމުން އަންނަ އެއްވެސް މީހެއްގެ ހާލު ގޯހެއް ނޫނެވެ.

ދުނިޔޭގެ 30 ގައުމަކުން މި ވައިރަސް ފެނިފައިވާއިރު، ބައެއް ގައުމަތަކުން ފެންނަ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި އެއް ގައުމަކަށް އީރާން ހިމެނެއެވެ. އޭގެ އިތުރުން އިޓަލީ ވެސް ހިމެނެއެވެ. ބައެއް ގައުމުތަކުގައި އޮބްޒަވޭޝަންއާއި، އެކެހެރި ކުރެވިފައިވާ މީހުން ހިމެނެއެވެ. އެ ގައުމުތަކުންނާއި، އަދި ވައިރަސްއާއި ދެކޮޅަށް ފިޔަވަޅު އަޅަމުން އަންނަ ބައެއް ގައުތަކުން ވަނީ ޗައިނާއިން އެ ގައުމަށް ކުރާ ދަތުރުތައް ހުއްޓާލުމާއި އެކު، ޗައިނާ މީހުންނަށް ވަގުތީގޮތުން އެ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތަށް ފިޔަވަޅުތަކެއް އަޅާފައެވެ.

ދުނިޔޭގެ 30 ގައުމަކުން ވައިރަސް ފެނުނުއިރު. އޭގެ ތެރޭ ގިނައީ އެއް ކޭސް ދެ ކޭސް ފެނުނު ގައުމުތައް

ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރި، ވައިރަސްއަށް ޕޮޒިޓީވް ވީ އަދަދު 80,421 އަރައެވެ. މީގެ ތެރެއިން ހުރިހާ ގައުމެއްގެ ޕޮޒިޓިވް ކޭސްތަކުން ސީރިއަސްކަމަށް ރެކޯޑުކޮށްފައިވަނީ 9,211 ކޭސްއެކެވެ. އަދި މި ވައިރަސްގެ ސަބަބުން 2,711 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވައިރަސް ޖެހުނު މީހުންގެ ތެރެއިން ފަރުވާ ދެވި، 27,909 މީހުން ވަނީ އެކީ ރަނގަޅުވެފައެވެ.

ޗައިނާ މީހުން ރާއްޖެ އެތެރެކުރުން ހުއްޓާލުމަށް ގޮވާލަމުންދަނިކޮށް، ސަރުކާރުން ވަނީ ޗައިނާއިން ރާއްޖެއަށް، އަދި ރާއްޖެއިން ޗައިނާއަށް ކުރާ ޑައިރެކްޓު ދަތުރުތައް ހުއްޓާލާފައެވެ. އެއަށްފަހު އަނެއްކާވެސް ރާއްޖެއިން އަޅާފައިވާ ފިޔަވަޅަކީ ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މަނާކުރުމަށެވެ. އެއީ ޗާޓަރު ފްލައިޓެއްގައި ވެސް ނާދެވޭ ގޮތަށެވެ. ނަމަވެސް މި މަނާވުން ޗައިނާގައި މިހާރު ތިބި ދިވެހިންނަށް ނޯންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: