ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަހުމަތްތެރި ގައުމަކަށް ތައުރީފުކުރާއިރު، އެހެން ގައުމުތަކާ އަޅާ ނުކިޔާ ލީޑަރުންނަށް އެކަން ކުރެވެން ވާނެ: ޗައިނާ ސަފީރު

ޗައިނާގެ ސަފީރު ރައީސް ނަޝީދުއާއިއެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމަތްތެރި ގައުމަކަށް ތައުރީފުކުރާއިރު، އެގައުމާއި ރަހުމަތްތެރި އެހެން ގައުމުތަކާ އަޅާ ނުކިޔާ ލީޑަރުންނަށް އެކަން ކުރެވެން ވާނެ ކަމަށް ޗައިނާއިން ރާއްޖެއަސް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު  ޒަންގް ލިޒޯންގް ވިދާޅުވެއްޖެއެވެ. 

ޗައިނާގެ ސަފީރު މިހެން ވިދާޅުވީ އިންޑިއާގެ ސަބަބުން ރާއްޖެ އަށް އަދި މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ބިރެއް ނެތް ކަމަށާއި ނަމަވެސް ޗައިނާ އިން އަމަލުކުރަމުންދަނީ ތަފާތު ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. 

ނަޝީދުގެ ވާހަކަފުޅަށް ފާޑުވިދާޅުވެ ޗައިނާ ސަފީރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިންޑިއާގެ ކަނޑުގައި ހިމެނޭ ގައުމުތަކާ ޗައިނާ އިން ގުޅުން ބަދަހިކުރަނީ ”ޕީސްފުލް ކޯއެގްސިސްޓަންސް“ގެ ފަސް އަސާސްގެ މައްޗަށް ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް އެގައުމުން އެގޮތަށް އަމަލުކުރަމުންގެންދާނެ ކަމަށްވެ. އަދި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާއި މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

https://twitter.com/AmbassadorZhang/status/1233726899458719745

ރައީސް ނަޝީދުގެ އިންޑިއާ ކުރެއްވި ރަސްމީ ދަތުރުފުޅުގައި  އިންޑިއާގެ ގުޖުރާތުގައި އިއްޔެ ފެށި ”އައިޑިއާސް ކޮންކުލޭވް“ ގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި އިންޑިއާއިން ކުރިޔަށް ގެންދާ މަޝްރޫއުތަކަކީ ދެފުށް ފެންނަ އަދި އެ މަޝްރޫއުތަކުގެ ތަފްސީލް ދިވެހި ރައްޔިތުންނަށް ވެސް އެނގޭނެ މަޝްރޫއުތަކެއް ކަމަށެވެ. ނަޝީދު ވިދާޅުވީ އިންޑިއާ ސަރުކާރުން ޓެންޑާ ކުރާ މަޝްރޫއުތަކަކީވެސް ދެފުށް ފެންނަ ޕްރޮޖެކްޓުތަކެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އިންޑިއާ އިން އަބަދުވެސް ރާއްޖޭގައި އޭރަކު އޮންނަ ވެރިކަމަކަށް އިހުތިރާމްކޮށް ހަމަހަމަކަމާއެކު ކަންތައްކުރާ ކަމަށެވެ. އަދި އިންޑިއާގެ އަމަލުތަކުން އެއްވެސް އިރެއްގައި ރާއްޖެއަކަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވަނީ މީގެކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއިން ރާއްޖޭގައި ހިންގި މަޝްރޫއުތަަކަކީ ދަރަނި ދަންތުރައެއް ކަމަށް ވިދާޅުވެ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: