ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓު އަމުރު އިސްތިއުނާފު ކުރުމުގެ ޙައްޤު އެމްޖޭއޭއަށް ނުލިބޭ ކަމަށް ނިންމުން އިސްތިއުނާފުކުރުމުގެ ގަވައިދާ ހިލާފް: ޢަބްދުﷲ ދީދީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓު އަމުރެއް އިސްތިއުނާފު ކުރުމުގެ ޙައްޤު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަށް ލިބިގެންނުވާކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ އިސްތިއުނާފުކުރުމުގެ އަސާސީ ޤަވާޢިދުތަކާއި އިޖްރާއާތުތަކާ ޚިލާފަށް ނިންމާފައިވާ އަރބިޓްރަރީ ނިންމުމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. އަޙުމަދު ޢަބްދުﷲ ދީދީ މިހެން ވިދާޅުވީ، ”އަދަދު“ ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް ތައްޔާރުކުރި ޑޮކިއުމަންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެމްޖޭއޭއިން އިސްތިއުނާފު ކުރުމުން، އެ ފުރުސަތު ނުދޭން ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމާ ގުޅިގެންނެވެ. ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުގައި ވަނީ އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްގު އެ ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވީ، ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއެކު ޝަރީޢަތް ހިންގުން ކަަވަރުކޮށްދޭ އެންމެ އަސާސީ އެއް މަބްދައަކީ އިސްތިއުނާފުކުރުމުގެ ޙައްޤު ކަމަށެވެ. އަދި ކޯޓުތަކުން އިއްވާ ޙުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފުކުރުމުގެ ޙައްޤަކީ މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ޙައްޤެއްކަން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދީދީ އިތުރަށް ވިދާޅުވީ، ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރައްދުވާ ފަރާތްތަކުގެ ތެރޭގައި ނޫސްވެރިންވެސް ޝާމިލުވާކަން އެނގެން އޮތް ކަމަށެވެ. އަދި ނޫސްވެރިންގެ ޙައްޤުތަކާއި މަޞްލަޙަތު ޙިމާޔަތް ކުރުމަށް އުފައްދާފައިވާ ޕްރޮފެޝަނަލް އޮރގަނައިޒޭޝަން އަކީ އެމްޖޭއޭ ކަމަށްވާއިރު، އެ ޖަމިއްޔާއަށް އިސްތިއުނާފުގެ ހައްގު ނެތް ކަމަށް ނިންމުމަކީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

”އަމުރު އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިގެންނުވާކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ އިސްތިއުނާފުކުރުމުގެ އަސާސީ ޤަވާޢިދުތަކާއި އުޞޫލުތަކާއި އިޖްރާއާތުތަކާ ޚިލާފަށް ނިންމާފައިވާ އަރބިޓްރަރީ ނިންމުމެއްކަމާ މެދު އެއްވެސް ޝައްކެއް ނެތް،“ ޑރ. ދީދީ ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުން ނެރުނު މި އަމުރަކީ ދައުލަތުން އުފުލާފައިވާ ޤަޛްފު ކުރުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން، ކަމާގުޅޭ ޑޮކިއުމަންޓަރީގެ ވާހަކަ ދެއްކުން މަނާކޮށް ނެރުނު ”ގެގް އަމުރު“ އެކެވެ. މި އަމުރާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: