ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ބުނެދިނުމަށް ރައީސް ނަޝީދުގެ ގިނަ ޓުވީޓްތަކެއް!

ރައީސް ނަޝީދު އަދި އަރިހުގައި ރައީސް ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގާ މަޝްރޫއުތައް ބުނެ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ގިނަ ޓުވީޓްތަކެއް ކުރައްވައިފިއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ފޮޓޯއާއިއެކު 30 އަށް ވުރެ ގިނަ ޓުވީޓް ރައީސް ނަޝީދު ވަނީ ކުރައްވާފައެވެ. 

ރައީސް ނަޝީދު މިފަދަ ގޮތަކަށް ޓުވީޓްތަކެއް ކުރައްވާފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށާއި ކުރިއެވުމަށްޓަކައި ހިންގަން ބުނި މަޝްރޫއުތައް ނުހިންގޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒްވެފައި ވަނިކޮށެވެ. 

ހަމައެހެންމެ ކައުްސިލްއިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރުމަށް ބޭއްވި ޖަލްސާއަށް މަދުން މީހުން ނިކުތީ ރައްޔިތުން އުންމީދު ކުރާ މިންވަރަށް ކަންކަން ނުކުރެވޭތީ ކަމަށް ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. ހާއްސަކޮށް މާލޭގައި ބޭއްވި ޖަލްސާއަށް މަދުން މީހުން ނިކުތީ މާލޭގެ ރައްޔިތުން އުންމީދު ކުރާ މިންވަރަށް ސަރުކާރަށް ކަންކަން ނުކުރެވޭތީ ކަމަށް ނަޝީދު ވިދާޅުވެފައެވެ. 

ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތަކެއްގެ ފޮޓީއާއިއެކު ރައީސް ނަޝީދު ގިނަ ޓުވީޓްތަކެއް ކުރައްވާފައިވާއިރު އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ވެސް ގެންދަވަނީ އެކިއެކި ރަށްރަށުގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ފޮޓީއާއިއެކު ޓުވީޓްތައް ކުރައްވަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހިމެނިވަޑައިގަންވައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިދެބޭކަލުންނަށްވެސް އެގިވަޑައިގަންނަވާ ާތިމަންމެން މިތިއްބަވަނީ ވެރިކަމަށް އަރާ ވަޑައިގަންއިރު ހިގާހިނގާ ނިމެމުން ދިޔަ މަޝްރޫޢުތައް ބައްލަވަންކަން! އަދި އަލައް ކުރައްވާކަމަކީ އެކްޓިވިސްޓުންނަށް ސަރުކާރުގެ ތިޖޫރީއިން މުސާރަ ދެވޭނެ މަގުކޮށާ ތައްޔާރުކޮށް މަޤާމު އޫފެއްދުންކަން ޢަދިވެސް ޢެކްޓިވިސްޓުން ހިންހަމަ ޖެހޭވަރެއް ނުވޭކަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: