ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މަސައްކަތްތައް ހުންނެވި ގޮތުން“ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ކުއްލިއަކަށް ކެންސަލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބޭއްވުމަށް ހަމަޖެހިފައި އޮތް ނޫސްވެރިންގެ ބައްދަލުވުން، މަސައްކަތްތައް ހުރި ގޮތުން މިއަދު ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މިއަދު ބޭއްވުމަށް ކުރިން ތާވަލުކުރި މި ބައްދަލުވުން ކެންސަލްކުރިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު  މުހައްމަދު ހުސެއިން ޝަރީފް ( މުންދު) “ސަންގު” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ރައީސްގެ މަސައްކަތްތައް ހުންނެވި ގޮތުން ޕްރެސް ކޮންފަރެންސް ކެންސަލް ކުރަން ޖެހުނީ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިވަގުތު ހުންނެވީ ރާއްޖޭގައި ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް އޮންނާނެކަން މީޑިއާތަކަށް ރައީސް އޮފީހުން ހިއްސާކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް، އެ ބައްދަލުވުން ކެންސަލް ކުރިކަން އިއުލާނުކޮށްފައިވަނީ ބައްދަލުވުން ބާއްވަން އޮތް ވަގުތު ވަރަށް ބޮޑަށް ކައިރިވެފައި ވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވިދާޅުވެފައިވަނީ، އެމަނިކުފާނު ރާއްޖޭގައި އުޅުއްވާނަމަ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. މިއީ ސިލްސިލާކޮށް ކުރިއަށް ގެންދާނެ ބައްދަލުވުންތަކެއް ކަމުގެ ޔަގީންކަންވެސް މީގެކުރިން ވަނީ ދެއްވާފައެވެ.

މިއަދުގެ ބައްދަލުވުން ކެންސަލް ކުރި ނަމަވެސް، ދެން މި ބައްދަލުވުން ބާއްވާނެ ތާރީޚެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: