ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުމަގުން އެތެރެކުރަން އުޅުނު 2 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފި

ކަނޑުމަގުން އެތެރެކުރަން އުޅުނު 2 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ވަގަށް އެތެރެކުރި 2 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނެފައިވަނީ 2.3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ސްޓިކް މިދިޔަ ބރާސްފަތި ދުވަހު އަތުލައިގަތީ މާލޭގެ ވިޔަފާރި ބަނދަރުންނެވެ. ކަސްޓަމްސްއިން ބުނެފައިވަނީ މިއީ 230 އަށް ވުރެ ގިނަ ކޭސް ސިނގިރޭޓު ކަމަށެވެ. މީގެއިތުރަށް ކަސްޓަމްސްއިން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި އީ-ސިނގިރޭޓު އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން މިހާރު ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެ އެތެރެކުރާ މުދާ ބަލައި ފާސްކުރުމުގެ ކަންކަން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

އެގޮތުން ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރިލް މަހު ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެމްޕީއެލް ބަނދަރުން ގެއްލުނު މައްސަލައެއް ވެސް ވަނީ ފެން މަތިވެފައެވެ.

ދެ ވިޔަފާރިވެރިން ކަމަށްވާ, ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން އެ މައްސަލައިގައި ދައުވާ އުފުލާފައިވާ 10 މީހުންގެ ޝަރީއަތް މާދަމާ ފެށުމަށްވެސް އޮތީ ތާވަލު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: