މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
މިސަރަހައްދަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން، ކަމާބެހޭ ފަރާތްތަކުން ވަނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމަނިކުފާނަށް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޖަމްޝީދުގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، ކަމާބެހޭ ފަރާތްތަކުން ވަނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމަނިކުފާނަށް ހިއްސާކުރައްވާފައެވެ.
މަގު ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ސަރަހައްދުން ޖުމްލަ 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަހައްދުވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ، ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށް ގެންދިޔަ ފަރުމާއަށެވެ.
މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސެގްމެންޓް 1، 2 އަދި 3ގައި ތާރު އެޅުމަށް ހަމަޖެހިފައިވަނީ، ހުރިހާ ސެގްމަންޓެއް އެކީގައެވެ. މަގުގައި ތާރުއެޅުމުގެ މަސައްކަތް ޖޫނެމަހު ފަށާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެވެ.
އެމްޓީސީސީން މަސައްކަތް ކުރައްވަނީ، ޖުލައި މަޖުގެތެރޭގައި މަގުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމަށެވެ.

