ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީ ގެނެސްދެނީ ޕީޕީއެމްގެ ސަރުކާރުން، އެމްޑީޕީގެ ފިކުރަކީ ގައުމީއްޔަތު ފުނޑާލާ ފިކުރެއް: ޑރ ޖަމީލް

ކުރީގެ ރައީސް ޔާމީން އަދި ކުރީގެ ނައިބް ރައީސް ޑރ ޖަމީލް ހުވާ ކުރެއްވި ރަސްމީއްޔާތުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެސްދިދީ ޕީޕީއެމްގެ ސަރުކާރުން ކަމަށާއި އެމްޑީޕީގެ ފިކުރަކީ ގައުމީއްޔަތު ފުނޑާލާ ފިކުރެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްތަކަކީ ރައީސް މުހައްމަދު ނަޝީދުގެ ގައުމީއްޔާތު ފުނޑާލާ ފިކުރަށް ބޯލަބަން ޖެހޭ ބައެއް ތިބޭ ކައުންސިލްތަކެއް ކަމަށެވެ. 

މީގެއިތުރުން ޖަމީލް ވިދާޅުވީ އިސްރާއީލްއާއި އެއްވަރު ކުރި ރާއްޖެތެރޭ ރައްޔިތުންނަކީ މިއަދު ކުއްލިއަކަށް ވަރަށް އަގުބޮޑު ބަޔަކަސް ވެއްޖެ ކަމަށާއި އެހެން ކަމުން އެމްޑީޕީގެ ފިކުރަކީ އާންމު ރައްޔިތުންނަށް ގެއްލުންދޭ ފިކުރެއް ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. 

އެމްޑީޕީއަށާއި ރައީސް ނަޝީދަށް ފާޑުވިދާޅުވެ ޑރ ޖަމީލް ކުރެއްވި ޓުވީޓޫގައި ވަނީ 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވަރިކަން ބަދަލުވުމަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާދިޔަ ހަމަނުެހުންތަކުގެ ފޮޓޯ ވެސް ހިއްސާ ކުރައްވާފައެވެ. 

https://twitter.com/MJameelAhmed/status/1234330075652227072

ތަރައްގީ ގެނެސްދިނީ ޕީޕީއެމްގެ ސަރުކާރުން ކަމަށް ޑރ ޖަމީލް ވިދާޅުވިއިރު ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް މިއަދު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ކުރެއްވި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ ޑރ ޖަމީލްކަން ފާހަގަކޮށްލަން ޖެހެއެވެ. 

އެގޮތުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް އުފެއްދެވި މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަންގެ ލީޑަރަކީ ވެސް ޑރ ޖަމީލްއެވެ. އަދި ޑރ ޖަމީލް ލީޑާޝިޕްގެ ދަށުން ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަސް ރާއްޖެއިން ބޭރުގައި ކުރި ގިނަ މަސައްކަތުގައި ވެސް އިސް ދައުރަެއް ޑރ ޖަމީލް ވަނީ އަދާ ކުރައްވާފައެވެ. 

ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އޭރުގެ އިދިކޮޅުގެ ފަރާތްތަކުން ބޭއްވި ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލް ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ވެރިކަމަކީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި އަދި ރައްޔިތުން ރައީސް ޔާމީންއާ ހަވާލުކުރެއްވި އަމާނާތައް ރައީސް ޔާމީން ޙިޔާނާތްތެރިވެ ވަޑައިގެންނެވި ކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ. 

މީގެއިތުރުން ޑރ ޖަމީލް ވިދާޅުވި ގޮތިގައި ރައީސް ޔާމީން ވެރިކަމަކީ ގާނޫނީ ހައިސީްޔަތު ގެއްލިފައިވާ ވެރިކަމެވެ. އަދި ރައީސް ޔާމީން އަކީ އަނިޔާވެރި ވަރަށް ހުދުމހުތާތު ވެރިއެއް ކަމަށް ވެސް އޭރު ޑރ ޖަމީލް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: