ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރު ކުރެއްވި ސުވާލަށް ޒަހާ ދެއްވި ޖަވާބާއެކު ރައީސް ނަޝީދު ދެއްވީ ”އޭ ރިޕޯޓެއް“

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ޖަވާބްދާރީ ވެވަޑައިގަންނަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުއަށް ކުރިމަތި ކުރެއްވި ދެ ސުވާލަށް މިނިސްޓަރ ޒަހާ ދެއްވި ޖަވާބަށް ތައުރީފް ކުރައްވައި މިނިސްޓަރ ޒަހާ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ”އޭ ރިޕޯޓެއް“ ދެއްވައިފިއެވެ. 

ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު މިނިސްޓަރ ޒަހާއަށް ކުރިމަތި ކުރެއްވި ދެ ސުވާލަކީ  ރާއްޖޭގެ މަސްވެރިކަން ޒަމާނީ ކުރުމަށް މިހާތަނަށް އެއްވެސް ދިރާސާއެއް ކުރެވިފައި ވޭތޯ އާއި ލޭނުގެ މަސްވެރިކަން ހުއްޓުނީ ކީއްވެތޯ އާއި އެކަން އަލުން ފެށޭނީ ކޮން އިރަކުންތޯ ސާފުކުރުމަށެވެ.

ޖާބިރުގެ ސުވާލަށް ޖަވާބް ދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ދިވެހިރާއްޖޭގައި ކުރާ މަސައްވެރިކަމަކީ ތިމާވެއްޓާ ރަށްޓެހި މަސްވެރި ކަމެއް ކަމަށާއި އަދި ދިވެހިން ބަނާ މަހަކީ ދުނިޔޭގެ ބާޒާރުގައި ޑިމާންޑް އޮތް އެއްޗެއް ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ ވިސްނުމަކީ މަސްވެރިންކަން ތަރައްގީ ކުރުމުގައި ތިމާވެއްޓާ ރަށްޓެހިކޮށް އަދި ޒަމާނުއްސެރެން ރާއްޖޭގައި ކުރަމުން އަންނަ މަސްވެރިކަމުގެ އަސްލު ނުގެއްލޭ ގޮތަށް މަސްވެރިކަން ތަރައްގީކޮށް ޒަމާނީ އައު އިޖާދުތައް މަސްވެރިކަމުގެ ތެއަށް ވެއްދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ޒަމާނީ މަސްވެރިކަމަކީ އެ މަސްވެރިކަމަކަށް މޭކެޓް އޮތް އެންމެ ގަބޫލު ކުރާ މަސްވެރިކަން ކަމަށާއި އެގޮތުން ރާއްޖޭގެ މަސްވެރިކަމުގެ އެންމެ ހާއްސަ އެއް ސިފައަކީ ރާއްޖޭގެ މަސްވެރިކަމަކީ އޭގެ ނަފާ އެންމެންނަށް ހަމަހަމައަށް ބެހިގެންދާ ގޮތަށް ކުރާ މަސްވެރިކަމަކަށް ވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި އަހަރެއްގެ މައްޗަށް ބާނާ އެއްލައްކަ ޓަނު މަހަކީ 15،000 އަށް ވުރެ ގިނަ މަސްވެރިން 700 އަށް ވުރެ ގިނަ ދޯނިފަހަރުގައި ކުރާ މަސްވެރި ކަމެއް ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ދާ ޖަހައިގެން މަސްވެރިން ކުރުމަކީ މަދުބައެއްގެ އަތުގައި މަސްވެރިކަން ތާށިވެ އޭގެ ނަފާ މަދު ބަޔަކަށް ކުރާނެ ކަމެއް ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. އެހެން ކަމުން ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ދިރާސާއެއްގެ ނަމުގަިއ އެކަން ކުރެވިފައި ނެތްނަމަވެސް ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް އެކިއެކި ޕްލޭންތައް ހެދި މަސްވެރި ކަމުގެ ނަފާ އެންމެންނަށް ކުރާނެ ގޮތަށް މަސްވެރިކަން ޒަމާނީ ކުރުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ޒަހާ ފާހަގަ ކުރެއްވިއެވެ. 

މިނިސްޓަރ ޒަހާ ޖާބިރުގެ ސުވާލަށް ޖަވާބް ދެއްވުމާ އެކު، އިތުރު ސުވާލުތަކަށް މެމްބަރުންނަށް ފުރުސަތު ހުޅުވައިލުމުގެ ކުރިން ނަޝީދު ވިދާޅުވީ، ”ރިޕޯޓް ފޮތުގައި ޖަހާ ނަމަ އޭ ރިޕޯޓަކާ ހަމައަށް މިހާރު [ޒަހާ އަށް] ވަޑައިގެންނެވިއްޖެ“ ކަމަށެވެ. ޒަހާ އަށް އޭ ރިޕޯޓެއް ދެއްވުމުގެ އިތުރުން، ޒަހާ ދެއްވި ބައެއް ޖަވާބުތައް ނަޝީދު ދިފާއު ވެސް ކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މިނިސްޓަރ ޒަހާ ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވަނީ ޒަހާއަށް ތައުރީފް ކުރައްވާފައެވެ. 

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

މީގެއިތުރުން ދިވެހިރާއްޖޭއިން ޔޫރޮޕަށް މަސްބޭރުމުގައި މީގެކުރިން ކުރިމަތިލާން ޖެހޭ ދަތިތަކާއި މިހާރު ކުރިމަތިލާން ނުޖެހޭނެ ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވުމަކީ ވެސް ރައީސް ނަޝީދުގެ ތަޢުރީފް ޒަހާއަށް ލިބިވަޑައިގެންނެވި ކަމެކެވެ. 

ރާއްޖޭގެ މަސްވެެރިކަމުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުން މަނާކުރަން ޖެހިދާނެ ކަމުގެ އިންޒާރު 2015 ވަނަ އަހަރު އީޔޫ އިން ދިނެވެ. އެއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހިނގަމުން އައި ގަވައިދާ ހިލާފު ކަންކަމާ ހެދި އެވެ. އެކަން މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ، ޔޫރަޕަށް މަސް އެކްސްޕޯޓް ނުކުރެވިދާނެ ކަމުގެ ބިރެއް މިހާރު ނެތް ކަމަށެވެ އެގޮތުން މިދިޔަ 12 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން، ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ފާހަގަ ކޮށްފައިވާ ހުރިހާ ކަމެއްހެން ހައްލުކޮށް، ފިޔަވަޅު އެޅުމުގެ ބިރު އެއްކޮށް ދުއްވާލެވިއްޖެ ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. 

ޒަހާ ދެއްވި މިފަދަ ޖަވާބުތަކާއި ބައެއް މެންބަރުން އެ މެންބަރުންގެ ދާއިރާއާ ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބައެއް ކަންކަމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ވިދާޅުވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ޒަހާއަށް ތަރުހީބު ދެއްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: