ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައިލެންޑުން ދިވެހިންނަށް ދޭ އޮން-އެރައިވަލް ވިސާ 15 ދުވަހަށް ކުރުކޮށްފި

ފޮޓޯ : ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތައިލެންޑުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވިސާއާ ނުލައި އެ ގައުމަށް ދަތުރުކުރެވޭ މުއްދަތަށް ބޮޑު ބަދަލެއް ގެނައުމަށް އެ ގައުމުގެ ކެބިނެޓުން ނިންމައިފިއެވެ. 2024 ވަނަ އަހަރުން ފެށިގެން ދިވެހިންނަށް 60 ދުވަހުގެ އޮން-އެރައިވަލް ވިސާ ދެމުން އައި ނަމަވެސް، އަލަށް ގެނައި މި ބަދަލާއެކު ދިވެހިންނަށް ދެން ތައިލެންޑުގައި މަޑުކުރެވޭނީ ގިނަވެގެން 15 ދުވަހަށެވެ.
ތަ

އިލެންޑް ސަރުކާރުގެ މި ނިންމުމާ ބެހޭގޮތުން ”ބެންކޮކް ޕޯސްޓް“ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުން 93 ގައުމަކަށް ދެމުންދާ ވިސާގެ ލުއިތައް މުރާޖައާކުރުމަށްފަހު، ވިސާ އެގްޒެމްޕްޝަން އާއި އޮން-އެރައިވަލް ވިސާ ދޫކުރާ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި އާ އުސޫލުގެ ދަށުން ދިވެހިރާއްޖޭގެ އިތުރުން ސީޝެލްސް އާއި މޮރިޝަސްގެ ރައްޔިތުންނަށް ވެސް ދެން ލިބޭނީ 15 ދުވަހުގެ ވިސާއެވެ. އަދި ކުރިން 60 ދުވަހުގެ ވިސާ ލިބެމުން ދިޔަ ގައުމުތަކަށް ދެން ލިބޭނީ 30 ދުވަހުގެ ވިސާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

މި ނިންމުމަށް އަމަލުކުރަން ފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓްގައި މިކަން ރަސްމީކޮށް ޝާއިއުކުރާތާ 15 ދުވަސް ހަމަވުމުންނެވެ.

ވިސާގެ މުއްދަތު ކުރުކުރަން ނިންމި ސަބަބާ ބެހޭގޮތުން ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ސުރަސަކް ޕަންޗަރޮއެންވޮރަކުލް ވިދާޅުވީ، 2024 ވަނަ އަހަރު ތައާރަފްކުރި 60 ދުވަހުގެ ވިސާ ލުއިތަކުގެ ބޭނުން ބައެއް ފަރާތްތަކުން ނުބައި ގޮތުގައި ހިފަމުންދާ ކަމަށެވެ. އެގޮތުން އިންސާނީ ވަގު ވިޔަފާރި ކުރުމާއި، ހުއްދައާ ނުލައި މަސައްކަތް ކުރުމުގެ އިތުރުން، ކޯލް ސެންޓަރު ސްކޭމްތައް ފަދަ ބޮޑެތި ކުށްތައް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ބަދަލަކީ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ހަމައެކަނި ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ބަދަލުގައި ”ކޮލިޓީ“ ފަތުރުވެރިކަމަށް އިސްކަންދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން، ވިސާގެ މުއްދަތު އިތުރުކުރުމަށްޓަކައި އަވަސް އަވަހަށް ބޯޑަރު ހުރަސްކޮށްފައި އަލުން އެތެރެވާ އުސޫލަށް ވެސް ވަނީ ހަރުކަށި ބަދަލުތަކެއް ގެނެސްފައެވެ. އާ ގަވާއިދު ބުނާގޮތުން އެއްގަމު މަގުން ބޯޑަރު ހުރަސްކޮށް އަހަރަކު އެންމެ ގިނަވެގެން ތައިލެންޑަށް ވަދެވޭނީ ދެ ފަހަރުއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: