ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް ވަށްމާފުށި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުގެ އެލީޓް ކްލަބްގެ ޕަރޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އައު ތަޖުރިބާތަކާއި ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފިއެވެ.

މި ޕާޓްނަޝިޕްގެ ދަށުން، ވަށްމާފުށީގެ ތަފާތު ހިދުމަތްތަކުން ދިރާގު އެލީޓް ކްލަބުގެ މެންބަރުންނަށް ހާއްސަ ޑިސްކައުންޓްތައް ލިބޭ ހިދުމަތްތަކުގެ ތެރޭގައި، އާންމުންގެ ތެރޭގައި މަގްބޫލުކަން ހޯދަމުންދާ  ރާއްޖޭގެ ފުރުތަމަ ޒިޕްލައިން އެޑްވެންޗަރ ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން ބީޗް ޑިނަރ، ބީޗް ޕިކްނިކް، ފުލް މޫން ޑިނަރ، ބޮންފަޔަރ، ގްރިލް ހަޓްގެ އިތުރުން ”އެކްސްޕްލޯ ވަށްމާފުށި“ ހަރަކާތްތައް ވެސް ހިމެނެއެވެ.

މި ޕަރޓްނަރޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް މި ހުރިހާ ހިދުމަތްތަކުން 5 ޕަސެންޓު ޑިސްކައުންޓް ލިބޭނެއެވެ. އަދި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗަރއިން 10 ޕަސެންޓު ޑިސްކައުންޓް ލިބޭނެއެވެ.

ކަސްޓަމަރުން ބުކިންގް ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ.

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފަރތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕަރޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: