އަވަސް ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމުން ފިލި ގައިދީ ހޯދައިފިއެވެ.
ކަރެކްޝަންސްއިން ބުނެފައިވަނީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ލ. މައިބައިދޫ، ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ހުސައިން ޝަހްބާންއެވެ.
ކަރެކްޝަންސްއިން ބުނެފައިވަނީ އޭނާ ފިލީ އަވަސް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. އެހެންކަމުން އޭނާ ހޯދުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.
ފުލުހުން މިއަދު ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާކަމަށެވެ.
އޭނާ އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ, ފަަޅަށް އޮންނަ ގ. ހިޔާރޯދިގޭގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފައެވެ.

