ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ލިބޭ އާމްދަނީ ދަށަށް، ޚަރަދުތައް މައްޗަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ޖެނުއަރީ މަހުގެ 1 އިން ފެބްރުއަރީ މަހުގެ 27 އަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ހަފްތާ ދައުލަތަށް ލިބުނު އާމްދަނީ އަށްވުރެ ހަރަދު އިތުރުވެފައިވެއެވެ.

މިނިސްޓްރީ އިން އާންމުކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާމްދަނީގެ ގޮތުގައި ދައުލަތަށް 3.4 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދު ކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 4.2 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއީ 782.2 މިލިއަން ރުފިޔާގެ މަދުވުމެކެވެ.

ޓެކުހުން ލިބޭ އާމްދަނީގެ ގޮތުގައި މި އަހަރު ލިބިފައިވަނީ 2956.6 މިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 470 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 3130.4 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސްނޫން އާމްދަނީގެ ގޮތުގައި 701.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއްގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ ދަތުރުތަކަށް އެކަނިވެސް މިދިޔަ ހަފްތާގައި 22.6 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރުތަކަށް ޚަރަދުވެފައިވަނީ 29.2 މިލިއަން ރުފިޔާއެވެ.

އާސަންދައަށް ދައުލަތުގެ ބަޖެޓުން ފާއިތުވި އަށް ހަފްތާ ތެރޭގައި 99 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ސަރުކާރުން ބުނަމުންދާ ގޮތުގައި ދައުލަތުގެ އާމްދަނީ ދަށްވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުމާއި ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: