ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހާ ނިޔާވެފައި އޮތްވާ ފެނިއްޖެ

ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދަނިކޮން ނިޔާވެފައި އޮތްވާ ފެނިއްޖެއެވެ.

އިއްޔެ އިރުއޮއްސި 18:30 ހާއިރު ހިނގި މި ހާދިސާގައި ގެއްލިގެން ހޯދާފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ހުޅުލޭ ސީޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖެއްގައި މަސައްކަތްކުރާ ފަޅުވެރިއެކެވެ. އޭނާ ހޯދުމުގެ މަސައްކަތް މެރިން ޕޮލިސް އާއި ކޯސްޓް ގާރޑް ގުޅިގެން ކުރިއަށްގެންގޮސްފައިވެއެވެ. މެރިން ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑުން ބުނި ގޮތުގައި، މި މީހާ ގެއްލުނީ ހުޅުމާލެ ސްޓެލްކޯ އާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް މޫދަށް ފޭބި ފަހުންނެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެއާޕޯޓްގެ ރެސްކިޔު ޓީމުތަކުން ރޭ މުޅި ހިސާބު ވަނީ ބަލައިފައެވެ. އަދި ރޭގެ ވަގުތެއްގައި ފުލުހުންނާއި ސިފައިން ގުޅިގެން ހުޅުމާލެ ފަޅުތެރޭގެ ވަކި ހިސާބެއް ޑައިވްކޮށްގެން ވެސް ބަލާފައިވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ހުޅުލެ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ހޯދަމުން ދަނިކޮށް، ހުޅުމާލެ ފަޅުތެރެއިން ވަނީ ފެނިފައެވެ. މިއަދުގެ ހެނދުނު 08:25 އެހައިކަންހާއިރު މޫދުއަޑިން އޭނާގެ ހަށިގަނޑު ފެނުމުން، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނިޔާވެފައިވައި ވަނީ ކ.ގުރައިދޫ، ރަތްވިލާގެ، އިބްރާހިމް ޝާކިރު (48 އަހަރު)އެވެ.

މި ހާދިސާ ހިނގި އިރު، އިއްޔެއަކީ މާލެ ސަރަހައްދަށާއި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯސް، ވައިގަދަ އަދި ކަނޑުތައް ވެސް ނުހަނު ގަދަ ދުވަހެކެވެ. މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން، ފަޅުތެރޭގައި އަޅާފައި ހުންނަ އޮޑިދޯނިފަހަރު އޮޔާދިޔަ ނުދިނުމަށްޓަކައި އިތުރު ވާ އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އާންމުކޮށް އުޅަނދުފަހަރުން އަޅައެވެ. ބެލެވޭ ގޮތުގައި ގެއްލުނު މީހާ ވެސް މޫދަށް ފޭބީ އެފަދަ މަސައްކަތެއް ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: