ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލުތައް ހިންގަން ބޭނުންވަނީ އެމްޑީޕީ ކެންޑިޑޭޓުން: ރައީސް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަކީ ކޯލިޝަންއެއްގެދަށުން ހިނގަމުންއަންނަ ސަރުކާރެއްކަމަށްވިޔަސް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލްތައް ހިންގުމަށް ބޭނުންވަނީ އެމް.ޑީ.ޕީގެ ކެންޑިޑޭޓުން އިންތިޚާބުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރ.އަތޮޅުގެ އެމް.ޑީ.ޕީ ކެންޑިޑޭޓުންގެ ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ތަންފީޒުކުރެވޭނީ ހަމައެކަނި އެމް.ޑީ.ޕީއަށް ކަމުގައާއި، ކޯލިޝަނެއް އޮތް ނަމަވެސް، ކުރިއަށް މި އޮތް ކައުންސިލް އިންތިޚާބުގައި އެމް.ޑީ.ޕީއަށް އަޣުލަބިއްޔަތު ލިބެންޖެހޭކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

 

 

”އަޅުގަނޑު ވެރިކަމަށް ހޮވީ ކޯލިޝަނެއްގެ ތެރެއިން. އެހެން ނަމަވެސް މި ލާމަރުކަޒީ ނިޒާމު ތަންފީޒުކުރަން ބޭނުންކަމަށްވަންޏާ އެމް.ޑީ.ޕީއަށް އެބަޖެހޭ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދައިދޭން،“ (ރައީސް)

މީގެ އިތުރުން، ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ މެޖޯރިޓީ ހޯދުމަށް، އެމް.ޑީ.ޕީން އެކަނި ނިކުމެ ކުރަމުންދާ މަސައްކަތަކީ، ކޯލިޝަނެއްގެތެރެއިން ވެރިކަމަށް އަންނަންކުރި މަސައްކަތަށް ފުށުއަރާކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކޯލިޝަނެއް އެކުލަވައިލައިގެން ވެރިކަމަށް އަންނަން މަސައްކަތްކުރަމުންދިޔައިރު، ޤައުމު އޮތް ހާލަތު ރައްޔިތުންނަށް ސާފުވެފައިވާނޭކަމަށެވެ. ހަމަ އެހެންމެ ރައީސް ޔާމިނުގެ ސަރުކާރުގެތެރޭގައި ކޮރަޕްޝަނާއި، ޖުޑިޝަރީއޮތް ހާލަތާއި، ތަޢުލީމާއި ޞިއްޙީދާއިރާއާއި ބޯހިޔާވަހިކަމުގެ މައްސަލަތައް ހުރިމިންވަރަކީ، ކޮންމެ މީހަކު ވެސް ދަންނަ ޙަޤީޤަތެއްކަމަށެވެ.

މީގެ އިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގެތެރޭގައި ވިދާޅުވީ، މި ސަރުކާރަކީ ކަންތައްތައް ރަނގަޅުކުރެވެމުން އަންނަ ސަރުކާރެއްކަމަށާއި، މި ގޮތުން ބަލާއިރު ޝަރުޢީދާއިރާއަށް ގެނެވުނު ހެޔޮބަދަލާއި، އޭގެ ނަތީޖާތައް ވެސް ނެރެވިފައިވާކަމަށެވެ.

އެހެން ޕާޓީތަކާއި ކޯލީޝަން ހަދައިގެން އެމްޑީޕީ ސަރުކާރަށް އައުމަށް ފަހުގައި، ފަހަރަކު ކަމެއް ރަނގަޅު ކުރެވެމުން އަންނަ ކަމަށް ރައީސް ސޯލިހް ވިދަޅުވި އެވެ. ޝަރުއީ ދާއިރާއަށް ގެނެވުނު ހެޔޮ ބަދަލާއި އެ ބަދަލުގެ ސަބަބުން ހެޔޮ ނަތީޖާތައް ވެސް ނެރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވެފައިވާއިރު، މީގެ ކުރިން ވެސް ރައީސްވަނީ އެމް.ޑީ.ޕީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްދެއްވުން އެދިވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް މިއީ އިންތިޚާބުގައި ސީދާ އެމް.ޑީ.ޕީގެ ކެންޑިޑޭޓުން އިންތިޚާބުކުރުމަށް، އެ މަނިކުފާނު ވިދާޅުވި ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: