ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބުރޫނާއީއަށް ފުރާވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބުރޫނާއީއަށް ފުރާވަޑައިގެންފިއެވެ.

ބުރޫނާއީގެ ދާރުއްސަލާމަށް މިނިސްޓަރ ކުރައްވާ މި ދަތުރުފުޅުގައި، ބުރޫނާއީގެ ރަސްގެފާނު ޞުލްޠާން ޙަސަނުލް ބޮލްކިއާ މުޢިއްޒުންދީން ވައްދަޢުލާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، އެ ޤައުމުގެ ފޮރިން މިނިސްޓަރ ދާތޯ ސެރީ ސެތިއާ ހާޖީ އެރީވަން ބިން ޕެހިން ދާތޫ ޕެކަރިމާ ޖާޔާ ހާޖީ މުޙައްމަދު ޔޫސުފާއި، އެޑިއުކޭޝަން މިނިސްޓަރު ޔަންގް ބަރްހޯމާތު ދާތޯ ސެރޯ ސެތީ އަވަން ހާޖީ ހަމްޒާ ބިން ހާޖީ ސުލައިމާނާއި، ހެލްތު މިނިސްޓަރ ދާތޯ ސެރީ ސެތިއާ ޑރ.ހާޖީ މުޙައްމަދު އިޝާމް ބިން ހާޖީ ޖަފާރްއާއި ވެސް މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މި ބައްދަލުކުރެއްވުންތަކުގައި، ބުރޫނާއީއާއި ދިވެހިރާއްޖެއާއި ދެމުދު އިތުރަށް ގުޅުންބަދަހިކުރުމަށާއި، އިޖްތިމާޢީ ދާއިރާއިންނާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާކުރުމުގެ ގޮތުން މަޝްވަރާކުރައްވާނެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ބުރޫނާއީއަށް މިނިވަންކަން ލިބުނުފަހުން، ދެ ޤައުމުގެ މެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއްކަމަށާއި، ބުރޫނާއީގެ މިނިވަންކަން ފާހަގަކުރުމަށް 1987 ވަނަ އަހަރުގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފައިވާއިރު، މާލޭގައި ހުންނަ އިސްލާމީ މަރުކަޒު ބިނާކުރުމަށް، އެ ޤައުމުން ތިން މިލިއަން ޑޮލަރުގެ އެހީއެއް ވެދެއްވާފައިވާކަމަށެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވާގޮތުގައި، 1999 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް، ދެ ޤައުމުގެ ގުޅުމަށް ދޭންޖެހޭ އަހައްމިއްޔަތުކަން ދެވިފައިނުވާކަމަށާއި، ވޭތުވެދިޔަ 21 އަހަރުދުވަހުގެތެރޭގައި، ދެ ޤައުމުގެ މަތީ ފަންތީގެ އެއްވެސް ބޭފުޅަކު، އެއް ޤައުމުން އަނެއްޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: