ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާގެ އަލާމާތްތަކާއި އެކު އިޓަލީގެ ފަތުުރުވެރިއެއް ކަރަންޓީންއަށް!

އިޓަލީއިން އައި މީހާ މޮނީޓާރ ކުރުމަށް މަގު ބަންދުކޮށްފައި، އޭނާގެ ޓެސްޓުތައް ވަނީ ނެގެޓިވްވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިއެއްގައިން ކޮރޯނާ ވައިރަސްގެ އަލާމާތްތަކެއް ފެނި އޭނާ މޮނީޓާރ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

 

 

https://twitter.com/HPA_MV/status/1235873894268981248

ކޮރޯނާއާއި ގުޅޭގޮތުން މައުލޫމާތުތައް ހިއްސާކޮށް ރޭ ވެސް ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައިވަނީ އިޓަލީއިން ރާއްޖެއައި މީހާ ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރިއިރު ނެގެޓިވްވެ ދޫކޮށްލާފައި ވާ ކަމަށެވެ. އެެހެން ނަމަވެސް އިއްޔެ ހަވީރު، އިތުރު ދިވެއްސަކު ކޮރޯނާގެ އަލާމަތްތަކާއި އެކު ރިޕޯޓު ކުރުމާއި ގުޅިގެން އޭނާ އެކަހެރިކޮށްފައި ވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މިއަދުގެ މެންދުރުގެ ވަގުތެއްގައި އިތުރު ޓްވީޓެއްކޮށް އެޗްޕީއޭއިން ބުނެފައިވަނީ ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ކޮރޯނާ ގެ އަލާމާތްތަކެއް ފާހަގަވެފައިވާތީ، އޭނާ ކަރަންޓީނު ސެންޓަރަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެޗްޕީއޭއިން ރޭ ވަނީ ދެކުނު އެމެރިކާގެ ޗިލީން ކޮރޯނާއަށް މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވް ވި މީހާ ކުރިން ރާއްޖެ އަށް އައިސްފައިވާ ކަން ވަނީ ކަށަވަރު ވެފައިވާ ކަމަށް ބުނެފައެެވެ. އެހެން ކަމުން އޭނާ ރާއްޖޭގައި އުޅެފައިވާ ތަންތަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެވެ. އަދި އެ ތަންތަނުގައި ބަލީގެ އަލާމާތް ހުރި މީހުން އުޅޭ ކަން ބަލައި މޮނީޓާ ކުރަމުން ގެންދާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ކޮރޯނާއާއި ގުޅުވާ ސޯޝަލް މީޑިއާގައި ތަފާތު އެކި ވާހަކަތަކެއް ފަތުރަމުން އަންނައިރު، ނޫސްވެރިން ވަނީ އެފަދަ ވާހަކަތަކަގުގައި އެއްވެސް ހަގީގަތެއް ނެތްނަމަ އެކަންވެސް މީޑިއާތަކާއި ހިއްސާކޮށްދިނުމަށް އެދިފައެވެ. އަދި ކޮރޯނާއަށް ޝައްކުވާ މީހަކު އެކަހެރި ކުރެއްވިއްޖެ ހާލަތެއްގައި އެ ވާހަކަތައް ވެސް ވީހާވެސް އަވަހަށް މީޑިއާތަކާއި ހިއްސާކުރުމަށް ނޫސްވެރިން ވަނީ އެދިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: