ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ފުރިހަމަކުރި ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެ

ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗު ފުރިހަމަކުރި 63 ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނުން މިއަދު ދަސްވެނިވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ ދެ ޒުވާނުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި، ތަމްރީނު ފުރިހަމަކުރި ހުރިހާ ދަސްވެނިންނަށާއި އެ ކުދިންގެ ބެލެނިވެރިންނަށް މަރުހަބާ ދަންނަވާފައިވެއެވެ. އަދި މި ޕްރޮގްރާމް ހިންގުމުގައި ބައިވެރިވި މުދައްބިރުންނަށާއި، އެމްއެންޑީއެފް އަދި ޑިފެންސް މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަކީ، މި ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން، އެ ކުދިންގެ ހުނަރު އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއަދު ދަސްވެނިވި ދަރިވަރުންނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ދަސްވެނިވި ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން ފަންނީ ތަމްރީނަށް ޝައުގުވެރިކަން ފާޅުކުރި ކުދިންނެވެ.

ޖުމްލަ ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ ދެވަނަ ބެޗު އަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ބެޗުގައި 75 ޒުވާނުން ބައިވެރިވާނެ ކަމަށް ރައީސްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: