ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޒިޓް މޯލްޑިވްސްގެ އޮޑިޓު ރިޕޯޓު: އިޝްތިހާރުގެ ޚަރަދުތައް ވެސް އިންތިހާއަށް މަތި!

އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރަން އައުޓްޑޯ ކެމްޕޭންތަކެއް: ޕޮޓޯ/އެމްއެމްޕީއާރުސީ/ވިޒިޓް މޯލްިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޒިޓް މޯލްޑިވްސް ނުވަތަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ 2025 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ކުންފުނީގެ މާލީ ޙާލަތާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ފެންމަތިކޮށްފި އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމު ކުރި، ވިޒިޓް މޯލްޑިވްސްގެ އޮޑިޓުން ދައްކާ ގޮތުގައި 2013 އާއި 2015 އާ ދެމެދު ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ހިސާބުތައް ކަށަވަރުކުރެވޭނެ އެކަށީގެންވާ ލިޔެކިޔުން ނެތެވެ. މި ހިސާބުތައް 2015 ވަނަ އަހަރުން ފެށިގެން އެއްވެސް ބަދަލެއް ނައިސް ހުރިއިރު، މިއީ ތަހުޤީޤީ އިދާރާތަކުން ބަލަމުންދާ މައްސަލަތަކެއް ކަމަށްވެސް ރިޕޯޓުން ހާމަވެއެވެ.

ކުންފުނީގެ ޚަރަދުތަކަށް ބަލާއިރު، 2025ވަނަ އަހަރު އިޝްތިހާރު ކުރުމަށް ކުރި ޚަރަދު ވަނީ އާދަޔާ ޚިލާފަށް އިތުރުވެފައެވެ. އެގޮތުން 2024ވަނަ އަހަރު ހޭދަވި 3.5 މިލިއަން ރުފިޔާގެ ބަދަލުގައި، 2025ވަނަ އަހަރު ހޭދަވެފައި ވަނީ 63.7 މިލިއަން ރުފިޔާ. މިއީ އިޝްތިހާރުގެ ޚަރަދުތަކަށް އައިސްފަިއވާ، ގާތްގަނޑަކަށް 80 އިންސައްތަ އިތުރުވުމެކެވެ.

އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އެމްއެމްޕީއާރުސީއަށް ދައްކަންޖެހޭ 157,253,546 ރުފިޔާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން، އެމްއެމްޕީއާރުސީން މިހާރު ވަނީ އެއީ ލިބޭނެ އެއްޗެއް ނޫން ކަމަށް ބަލައި ހިސާބުތަކުން އުނިކޮށްފައެވެ. މި ފައިސާ ހޯދުމަށް ކޯޓުން ހުކުމްކޮށްފައިވީ ނަމަވެސް، އެ ކުންފުނިން އެ ފައިސާ ދައްކާފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުން ހާމަވަނީ ކުންފުނީގެ މާލީ ކުރިމަގު ބިނާވެފައިވަނީ  ފާއިތުވެދިޔަ މުއްދަތުގައި އެޅިފައިވާ ބޮޑެތި ދަރަނިތަކާއި ޤާނޫނީ މައްސަލަތަކުގެ ހައްލުގެ މައްޗަށް ކަމެވެ. ހިސާބުތައް ކަށަވަރުކުރެވޭނެ އެކަށީގެންވާ ލިޔެކިޔުން ނެތުމުގެ ސަބަބުން  ހިސާބުތަކަށް އިތުބާރު ގެއްލިފައެވެ. މީގެ އިތުރުން، އިޝްތިހާރުގެ ޚަރަދުތައް އިންތިހާއަށް މަތިވެފައިވާ މި ދަނޑިވަޅުގައި، ކުންފުނީގެ ހިންގުން ހަރުދަނާކޮށް މާލީ ނިޒާމުތައް އިސްލާހުކުރުމަކީ ކުންފުނީގެ ދެމިއޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ގޮތުގައި ބެލެވެއެވެ.

މީގެއިތުރުން ރިޕޯޓުގައި ވަނީ ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށާއި، ހަރުދަނާ އުސޫލުތަކެއްގެ ދަށުން މާކެޓިންގެ ހަރަދުތައް ބެލެހެއްޓުމަށް ބުނެފަ އެވެ. އަދި ހާއްސަކޮށް، ކުރާ ހަރަދުން ލިބޭ މަންފާ ވަޒަންކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ލަފާ ދީފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: