ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަހުގެ ބަލި މީހުންނަށް އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމްކޮށްފި

ޓޫރިޒަމް މިނިސްޓްރީން ވިލިވަރުގައި ޤާއިމުކޮށްފައިވާ ފެސިލިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުން ކަރަންޓީނުކޮށްފައި ބޭތިއްބުމަށް، 30 ކޮޓަރި ހިމެނޭ އައިސޮލޭޝަން ފެސިލިޓީއެއް، ޓޫރިޒަމް މިނިސްޓްރީން ޤާއިމްކޮށްފިއެވެ.

 

މިއަދު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވީ، މި މަސައްކަތަކީ، ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާއި، ކުރިމަތިލައި ތައްޔާރުވުމުގެ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ތެރެއިން ޓޫރިޒަމް އިންޑަސްޓްރީން ކޮށްފައިވާ މަސައްކަތެއްކަމަށެވެ.

 

 

”މިއީ ދުރާލާ ކުރި މަސައްކަތުގެ ނަތީޖާ. މި ކަންކޮށްފައިވަނީ ދިހަ ދުވަހުގެތެރޭގައި ޓޫރިޒަމް ޓްރަސްޓް ފަންޑުން،“ ޢަލީ ވަޙީދު

މީގެ ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދިޔަ، ވިލިވަރުގައި ޤާއިމްކޮށްފައިވާ، އައިސޮލޭޝަން ފެސިލިޓީގައިވާ 30 ކޮޓަރީގައި ހިމެނެނީ 28 ސިންގަލް ރޫމާއި، ޑަބަލް ރޫމްގެ ދެ ކޮޓަރިއެވެ. ފެސިލިޓީޒް ޤާއިމްކުރުމަށް މި ރަށް ދެއްވައިފައިވަނީ، ރަށުގެ ވެރިޔާ ހ. ސީސައިޑް މުޙައްމަދު ޢަލީ ޖަނާހެވެ.

 

ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާޢަތުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ޖަނާހު ވިދާޅުވި ގޮތުގައި، ދީނީ އަދި ޤައުމީކަމެއްގެ ގޮތުގައި ދެކިގެން ސަރުކާރަށް މި ރަށް ދީފައިވާނީ ތިންމަސް ދުވަހަށްކަމުގައެވެ. މީގެ އިތުރުން ޖަނާހު ވިދާޅުވީ ސަރުކާރުން އެދިލައްވައިފިނަމަ އިތުރު މުއްދަތު ވެސް ދެއްވާނޭކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: