ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓު ހައުސް ވިޔަފާރި ހިންގުމަށް ސަރުކާރުން ފަސޭހަ ސިޔާސަތުތައް ބައްޓަން ކޮށްދޭން ޖެހޭ: ފައިސަލް

ޝެއާރކޮށްލާ ކަހަލަދޯ؟

ގެސްޓް ހައުސްގެ ވިޔަފާރި ހިންގުމަށް ފަސޭހަ ވާނޭ ގޮތަށް ސަރުކާރުން ސިޔާސަތުތައް ބައްޓަން ކޮށްދޭން ޖެހޭ ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރީގައި އެތައް ސަތޭކަ ކޮޓަރިއާ އެކު، މާފުށި ދަނީ އިޤުތިޞާދު ވަރުގަދަ ރަށަކަށް ބަދަލުވަމުން ކަމަށެވެ. އެރަށުން ދައުލަތަށް އެތައް މިލިޔަން ޑޮލަރެއް ޓެކްސްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ލިބެމުން އަންނަ ކަމަށެވެ.

ފައިސަލް ވިދާޅުވީ މާފުއްޓަކީ، ގެސްޓް ހައުސްގެ ވިޔަފާރި އިން ރާއްޖޭގެ ރަށް ތަކަށް އިޤުތިސާދީ ކުރި އެރުންތައް ގެނެވޭނެ ކަމުގެ ޔަޤީންކަން ހާމަކޮށްދިން ރަށެއް ކަމަށެވެ.

ގެސްޓް ހައުސްގެ މި ވިޔަފާރީގައި ދިވެހިން ކުރިއަރައި ދިޔުމަށްޓަކައި ފުރުޞަތުތައް ފަހިކޮށް، ވިޔަފާރި ހިންގުމަށް ފަސޭހަ ވާނޭ ގޮތަށް ސަރުކާރުން ސިޔާސަތުތައް ބައްޓަން ކޮށްދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓު ހައުސް ވިޔަފާރި ފުޅާކޮށް، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ފަސޭހަ މަގުތަކެއް ފަހިކޮށްދިނުމެވެ.

މިގޮތުން، ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދަން ލުއި ލޯނު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ރަށްރަށުގައި ޓޫރިޒަމް ޒޯންތައް ކަނޑައަޅައި ބިން ދޫކުރުން ފަދަ ކަންކަން ސަރުކާރުން ކުރިއަށް ގެންދެއެވެ. އެގޮތުން މި ދާއިރާ ކުރިއެރުވުމަށް ރައީސް ގެ ގިނަ ވައުދުތަކެއް ހުރިކަން ފާހަގަކުރެވެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: