ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭ: ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޢީދުކުޅިވަރުގެ ނަމުގައި އިސްލާމްދީނުގެ ސަޤާފަތާ ޚިލާފު ކަންކަމުން އެއްކިބާވާން ޢަޒުމް ކަނޑައަޅަން ޖެހޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ޢީދަކީ އިސްލާމްދީނުގެ ވަރަށް މުހިންމު މުނާސަބަތެއް ކަމަށާއި، މި މުނާސަބަތުގެ އެންމެ މަތީ މަޤުޞަދަކީ ﷲ މަތިވެރިކޮށް އުފާވެރިކަން ފާޅުކުރުން ކަމަށެވެ. ޢީދުގެ އުފާ ފާޅުކުރާއިރު ދީނީ ހަމަތަކުގެ މަތީގައި ދެމިތިބުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އިސްލާމީ އުންމަތުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ޙައްޖުގެ މަތިވެރި މަޝާޢިރުތަކުގައި މުސްލިމުން ﷲ އަށް ތަލްބިޔާކިޔަމުންދާ މި ދަނޑިވަޅުގައި، ޢީދު ކުޅިވަރު ކުޅުމުގެ ތެރޭގައި މިކަންކަން ހިތަށް ގެނެސްގަތުން މުހިންމުކަމުގައި ޝަހީމްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ. އޭނާ އިތުރަށް ވިދާޅުވީ ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ޝަޚްޞިއްޔަތު ހިފެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެއް ކަމަށެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައިވާއިރު، މިއަދުގެ ޢީދު ޚުޠުބާގައި ވެސް ވަނީ ޢީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ޘަޤާފަތާ ޚިލާފު އަދި އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ. ޚުޠުބާގައި ބާރުއަޅާފައިވަނީ ޢީދަކީ އަޅުކަމަކަށް ފަހު އަންނަ އުފާވެރިކަމެއް ކަމުގައި ދެކިގެން އުޅުމަށެވެ.

މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކުޅިވަރުތައް ކުރިއަށްދާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ވެސް އިޙްތިރާމް ކުރުމަށް ބާރުއަޅަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: