ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސްއާއިއެކުއަ އިޖީއެމްއެޗްގައި ބަލި މީހުންނަށް ޒިޔާރާތް ކުރުން ވަގުތީ ގޮތުން މަނާކޮށްފި

އިންދިރާގަންދީ މެމޯރިއަލް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއާއިއެކު އައިޖީއެމްއެޗްގައި ބަލި މީހުންނަށް ޒިޔާރާތް ކުރުން މަނާކޮށްފިއެވެ. 

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ފާސް ލިބިފައިވާ ބަލި މީހާގެ އެހީތެރިޔާއަށް ބަލި މީހާއާއެކު މަޑުކުރެވޭނެ އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ފާސް ލިބިފައިވާ މީހުންގެ އިތުރުން އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި، މި ނޫން އެހެން ކަންކަމުގައި ވެސް ކޮންމެހެން ހޮސްޕިޓަލަށް އަންނަންނުޖެހޭނަމަ، މި ދުވަސްވަރު ހޮސްޕިޓަލަށް ނުދިޔުމަށް ވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބަލި ޖެހިފައިވާ ދެ މީހަކު ރާއްޖެއިން ވެސް ވަނީ ފެނިފައެވެ. އެ ދެ މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ.

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި މުޅި ރާއްޖެއަށް މިހާރު އޮތީ ޔެލޯ އެލާޓުގައެވެ.

އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: