ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވުމަކީ ރާއްޖެ ހުއްޓުމަކަށް ދާން ޖެހޭ ހާލަތެއް ނޫން: މިނިސްޓަރ އަމީން

ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕޮޒެޓިވް ދެ މީޙުން ފެނުމަކީ ދިވެހިރާއްޖެ ހުއްޓުމަކަށް ދާން ޖެހޭ ފަދަ ހާލަތެއް ނޫން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ރާއްޖެއިން ވައިރަހަށް ދެ މީހަކު ޕޮޒިޓިވްވި ނަމަވެސް ރާއްޖެ ހުއްޓުމަކަށް އަދި އައިސްފައިނުވާ ކަމަށާއި އެފަދަ ހާލަތަކަށް ކަންކަން އަދި ނުދާ ކަމަށެވެ. އެގޮތުން ރާއްޖެއާ ކައިރި ގައުމުތަކުން ވެސް މި ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު އެގައުމުތަކުގައި ވެސް އާންމު އުސޫލުން ކަންކަން ކުރިއަށްދާކަން އަމީން ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ  ރާއްޖޭގެ ހާލަތު ބަދަލުވަމުން އަންނަ މިންވަރަކުން އެކިއެކި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިރުޝާދުތައް ދެމުންދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް ސަމާލުވުމަށް ވެސް އަމީން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ބަލި ޖެހިފައިވާ ދެ މީހަކު ރާއްޖެއިން ފެނިފައިވާކަން ސަރުކާރުން ރޭ ހާމަކޮށްފައިވާއިރު އެ ދެ މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ.

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި މުޅި ރާއްޖެއަށް މިހާރު އޮތީ ޔެލޯ އެލާޓުގައެވެ.

އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: