ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމުނު ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި 5 ލައްކަ ރުފިޔާ ގެއްލުނު!

ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ހަފުތާގެ ތެރޭގައި ހިނގި ސްކޭމްގެ އެކި މައްސަލަތަކުގައި ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އެ ސެންޓަރަށް 29 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ޖުމްލަ 598,467 ( ފަސް ލައްކަ ނުވަދިހަ އަށްހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހަތް ) ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 255,710  ( ދެލައްލަ ފަންސާސް ފަސް ހާސް ހަތްސަތޭކަ ދިހަ ) ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިދިޔަ ހަފުތާގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީކޮމާސްގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 15 މައްސަލައެއް ހުށަހަޅާފައިވާއިރު، ފައިސާ މާރުކުރުމުގެ ހަ މައްސަލައަކާއި، ޝަޚުސު އޮޅުވާލުމުގެ ދެ މައްސަލައެއްގެ އިތުރުން ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ ފަސް މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ވިޔަފާރީގެ މައުލޫމާތާއި ވިއްކާ މުދާ ދިމާވޭތޯ ބެލުމަށާއި، ފިހާރަ ނުވަތަ ގުދަން ހުރިތަން ޔަގީންކުރުމަށްފަހު ”ކޭޝް އޮން ޑެލިވަަރީ“ (ސީއޯޑީ) ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ސްކޭމަރުން މި އަމަލުތައް ހިންގުމަށްޓަކައި އޮންލައިން މެސެޖިން މަންސަތަކާއި، އައިބޭ، ފިޝިން ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސް ފަދަ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ފުލުހުން ވަނީ ބައެއް އިރުޝާދުތައް އާންމުންނަށް ދީފައެވެ. އޭގެ ތެރޭގައި:

ވިޔަފާރި މުއާމަލާތެއް ކުރުމުގެ ކުރިން އެއީ ރަޖިސްޓްރީކޮށްފައިވާ ސައްހަ ތަނެއްތޯ ކަށަވަރުކުރުން.

ފައިސާ ފޮނުވުމުގެ ކުރިން އެ ފަރާތެއްގެ ރަސްމީ ނަމްބަރަށް ގުޅައި މައުލޫމާތު ޔަގީންކުރުން.

ޑޮލަރު މާރުކުރުމުގައި ލައިސެންސް އޮތް ތަނެއްތޯ ބެލުމާއި، މުވާސަލާތީ ނަމްބަރުތަކުގެ ސައްހަކަން ގޫގުލް މެދުވެރިކޮށް ނަމަވެސް ކަށަވަރުކުރުން.

ޝައްކުކުރެވޭ ލިންކުތަކަށް ނުފިއްތުމާއި، އެއްވެސް ފަރާތަކަށް އޯޓީޕީ (OTP) ހިއްސާނުކުރުން.

އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށާއި، މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: