ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަތާލާއިން ދެ މީހަކު ވައިރަސްއަށް ޕޮޒިޓިވް، ރާއްޖޭގެ ޖުމްލަ ކޭސް ހަތަރަކަށް!

ބަތާލާއިން ދެ މީހަކު ވައިރަސްއަށް ޕޮޒިޓިވް، ރާއްޖޭގެ ޖުމްލަ ކޭސް ހަތަރަކަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. ސޭންޑީސް ބަތަލާ ރިސޯޓުން ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރި ތިން މީހުންގެ ތެރެއިން ދެމީހަކު ޕޮޒިޓިވްް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މި ދެ ކޭސްއާއި އެކު ރާއްޖޭގެ ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދަކީ 4 އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ބަތަލާއިން ޓެސްޓް ކުރި ތިން ވަނަ މީހާގެ ޓެސްޓްތައް ނެގަޓިވްއެވެ. ނަމަވެސް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެޗްޕީއޭ ބުނެއެވެ.

ބަތަލާ ރިސޯޓުގައި ހުރި ފަތުރުވެރިއެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނުމާއެކު އެ ރިސޯޓަށް އަރާ ފޭބުން އޮތީ މަނާކޮށްފައެވެ.

މި ފަހަރުގެ ނަތީޖާތަކުން ވެސް ކޮވިޑް 19 އަށް ޕޮސިޓިވްވެފައިވަނި ބިދޭސީ 2 މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް އެއީ ފަތުރުވެރިންތަކެއް ކަމެއް ނުވަތަ އެ ރަށުގައި މަސައްކަތްކުރާ ބިދޭސީ ދެ މީހެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން 24 މީހަކު ޓެސްޓުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަަރު އަބްދުﷲ އަމީން މިއަދު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ރާއްޖެ އިން ފެނުނުކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ރާއްޖެ އިން އެ ބަލި ފުރަތަމަ ފެނިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއެއްގެ ހަށިގަނޑުންނެވެ.

މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ، ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ މީހުންނާ އެކި ގޮތް ގޮތުން ގުޅުން ހުރި 173 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ކުރެއްދޫ ރިސޯޓުގެ ކޮޓަރިތަކުގައި 93 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް އަމީން ވިދާޅުވެފައި ވެ އެވެ.

އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ މީހުން ތިބި ބަތަލާ ރިސޯޓުގެ ކޮޓަރިތަކުގައި ވެސް 11 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް އޭނާ ނޫސްވެރިން ގާތު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: