ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭން ބޭރުން ފުރަތަމަ ފަހަރަށް ޑްރަގް ކެފޭއެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފި

ކޭފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަތަނެއް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ވިއްކުމާއި، ކެފޭ އުސޫލުން އެތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދިޔަ ތަނެއް ފުވައްމުލަކު ސިޓީން ފުލުހުން އިއްޔެ ބަންދުކޮށްފިއެވެ.

މިއީ މާލެ ސަރަހައްދުން ބޭރު ރަށެއްގައި ”ޑްރަގް ކެފޭ“ އެއްގެ ގޮތުގައި ތުހުމަތުކުރެވޭ ތަނެއް ބަންދުކުރި ފުރަތަމަ ފަހަރެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ އެ ރަށު ފުނާޑު އަވަށުގެ، ގުލިސްތާނުގޭގައި ހިންގަމުންދިޔަ ތަނެކެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މިތަން ބަންދުކުރުމަށް ކޯޓުން އަމުރު ދީފައިވަނީ 85 ދުވަހުގެ މުއްދަތަށެވެ.

ފުލުހުން ބުނި ގޮތުގައި މި ތަނަކީ ރަށަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމުގެ އިތުރުން، އެތަކެތި ބޭނުންކުރުމުގެ ފުރުސަތުވެސް ފަހިކޮށްދެމުންދިޔަ ތަނެކެވެ. ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ މިފަދަ ތަންތަނަށް، ކަނޑައެޅިފައިވާ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ އުޅުމަކީ ގާނޫނީ ކުށެއްކަމަށާއި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވެސް ވަނީ އިންޒާރު ދީފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި ފުވައްމުލަކު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ. އަދި ގާނޫނުން ލިބިދޭ ބާރުގެ ދަށުން، މިފަދަ އިތުރު ތަންތަން ހޯދައި ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ފުލުހުން ދާދި ފަހުން ވަނީ ފުވައްމުލަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގައި، ފުވައްމުލަކުގައި ހަރަކާތްތެރިވާ ބޮޑު ނެޓްވޯކެއް ވެސް އަތުލައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: