ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ބިދޭސީން، ކޮވިޑް-19 އަށް ހޭލުންތެރިކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން މިއަދު ކެމްޕޭނެއްފަށައިފިއެވެ.

މި ކެމްޕޭނުގައި، ބިދޭސީން ދިރިއުޅޭ ކުއާޓަރތަކާއި، ހޮޓާތަކަށް އެ އިދާރާގެ މުވައްޒަފުން ގޮސް، ކޮވިޑް-19 އާއިބެހޭ މަޢުލޫމާތުދީހަދާނެކަމަށާއި، ބަންގުލަދޭޝް ބަހުންނާއި، ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތަށް މާލޭގެ އެކި ހިސާބުތަކުގައި ތަތްކުރެވޭނެކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، އެ އިދާރައިން މިއަދު ނެރުނު ޢިއުލާނެއްގައި، ގިނަ މީހުން އެއްތަނަކަށް ޖަމާވެގެން ހިންގާ ހަރަކާތްތަށް ހުއްޓާލުމަށް އަންގަޥާފައިވެއެވެ. މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭގޮތަށް، އެ އިދާރާއިން ނެެރުނު އިޢުލާނެއްގައިވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، ފެއާރތަކާއި، ނައިޓްމާކެޓާއި، މަގުމަތީ ބާޒާރާއި، މާލޭ ސިޓީގެ ޕާކުތަކުގައްޔާއި މި ނޫން ވެސް މީހުން އެއްވެ އުޅޭ ތަންތަނުގައި ހަރަކާތްތަށް ހިންގުމަކީ ރައްކާތެރިގޮތެއް ނޫންކަމަށާއި، މީހުން އެއްވެ އުޅޭފަދަ ހަރަކާތްތަށް ބޭއްވުން، މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މިހެން ހާމަކޮށްފައިވާއިރު، ކުރިއަށް އޮތް ރޯދަމަހުގައި ބާއްވަން ނިންމާފައިވާ ނައިޓްމާކެޓަށް މޭޒުގަނެފައިވާ ފަރާތްތަކުން، މިހާރުވަނީ އެކަމަށް ތައްޔާރުވާން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: