ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސްއާ ގުޅިގެން ބޭހާއިއެކު އިންޑިއާގެ ސިއްޙީ މާހިރުންގެ ޓީމެއް ރާއްޖެއަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ، އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް އެހީތެރިވުމަށް ނިންމައިފިއެވެ.

އެގޮތުން އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް އެގައުމުގެ ސިއްހީ މާހިރުންނާއި ހިދުމަތްތެރިންގެ ޓީމެއް ރާއްޖެ ފޮނުވުމަށް ނިންމާފައެވެ. އޭގެތޭގައި ތަފާތު އެކި ބަލިތަކަށް ފަރުވާ ދޭ ސްޕެޝަލިސްޓު ޑޮކްޓަރުން ވެސް ހިމެނެއެވެ. އެގޮތުން ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުންގެ އިިތުރުން ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުންގެ ޓީމެއް ރާއްޖެއަށް ފޮނުވުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.

މިއާއެކުގައި އެގައުމުން ވަނީ އެހެން ގައުމުތަކަށް އެތެރެ ކުރުމަށް މެދުކަނޑާލާފައިވާ ބޭސްތައް ވެސް ރާއްޖެއަށް އެތެރެ ކުރުމަށް ނިންމާފައެވެ. އެ ބޭސްތަކަކީ ކޮވިޑް19 އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސްތަކެކެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއިން އެކްސްޕޯޓު ކުރުން މަނާ ކޮށްފައިވާ އެ ބޭސްތައް ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމީ އިންޑިއާ އަދި ރާއްޖެއާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ.

ހަމައެއާއެކުގައި އިންޑިއާ ސަރުކާރުން ވެސް ވަނީ ބައެއް އެހެން ގައުމުތަކެކޭ އެއްގޮތަށް ކޮވިޑް19 ގެ ސަބަބުން އެގައުމަށް އެހެން ގައުމުތަކުން އެތެރެވާ މީހުންނަށް އޮން އެރައިވަލް ވިސާ ދޫކުރުން މަޑުޖައްސާލަފައެވެ. ނަމަވެސް ދިވެހިންނަށް އެކަމުގައިވެސް ވަނީ ލުއި ގޮތްތަކެއް ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: