ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަން އެކުއާއިން ވައިރަހަށް ޝައްކުވި މީހާގެ ޓެސްޓުތައް ނެގެޓިވް

ސަން އެކުއާއިން ވައިރަހަށް ޝައްކުވި މީހާގެ ޓެސްޓުތައް ނެގެޓިވް - ފޮޓޯ: ގޫގުލް/ ބެސްޓް އެޓް ޓެރެވެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން އުފަންވެ، ދުނިގޭގެ ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް، ސަން އެކުއާ އިރު ވެލި ރިސޯޓުން ޝައްކުވެ ޓެސްޓު ކުރި ބިދޭސީ މީހާގެ ޓެސްޓު ނަތީޖާ ނެގެޓިވްކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ސަން އެކުއާގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިއެއްގެ ފަރާތުން، ކޮރޯނާއަށް ޝައްކުވާ އަލާމާތްތަކެއް ފެނި އޭނާގެ ސާމްޕަލްތައް ނެގުމަށް އެކަހެރިކުރީ މިއަދުގެ ވަގުތެއްގައެވެ. ޓެސްޓުގެ ނަތީޖާތައް ނެގެޓިވް ވީ ނަމަވެސް، 24 ގަޑިއިރުފަހުން އޭނާގެ އިތުރު ސާމްޕަލްތަކެއް ނަގި ވައިރަހަށް ޓެސްޓު ކުރެވޭނެއެވެ. އަދި އެނާ އަދިވެސް ވަނީ އައިސޮލޭޝަންގައެވެ.

މި ވައިރަހަށް ރާއްޖެއިން އަށް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އެއަށްފަހު ދެން ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.

ކުރެއްދޫ ރިސޯޓް ލޮކްޑައުންގައި ބޭއްވުމަށްފަހު މިހާރު ވަނީ ހުޅުވާލާފަ އެވެ. ރިސޯޓް އާންމުކޮށް ހުޅުވާލީ އެ ރިސޯޓްގެ ވަކި ސަރަހައްދެއް ބަންދުކުރުމަށްފަހު އެވެ. އެ ސަރަހައްދުގައި ތިބެނީ އަލާމާތްތައް ފެނިގެން އެކަހެރިކޮށްފައި ތިބޭ މީހުންނެވެ. އަދި އެ ރިސޯޓުގެ އިތުރު 10 މީހެއްގެ ސާމްޕަލް ނަގާ، ވައިރަހަށް ޓެސްޓު ކުރުމުގެ މަސައްކަތް މިއަދު ކުރިޔަށް ގެންދިޔައެވެ.

ކުރެއްދޫ ރިސޯޓްގައި 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަތިއްބެވެ. ޓޫރިސްޓުންނަށް ފޭބުމުގެ ހުއްދަ ދިން ނަމަވެސް މި ވަގުތަށް އެ ރިސޯޓަށް އާ ޓޫރިސްޓުން ނުގެންނާނެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ވަނީ އިއުލާނުކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: